ޚަބަރު

އިހަވަންދޫގައި ކަރަންޓީނު ކުރިއިރު އަމަލުކުރި ގޮތާ މެދު ހިތްހަމަ ނުޖެހުން

މާލެއިން ފުރައިގެން ހއ. އިހަވަންދޫއަށް ދަތުރުކުރި ދޯންޏެއްގައި އެންމެން ކަރަންޓީނު ކުރި އިރު އެތަނުން 2 މީހަކު ކަރަންޓީނުގެ އުސޫލާ ޚިލާފަށް ދޫކޮށްލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި ދޯނީގައި މަސްވެރިކަން ކުރާ އުނގޫފާރު.ކޮމް ޓީމްގެ މެންބަރަކު މަޢުލޫމާތު ދިން ގޮތުގައި މި ދޯނި މަސް ކިރުމަށްފަހު ފައިސާނަގަން ދާން ޖެހެނީ މާލޭގައި ހުންނަ އޮފީހަކަށް ކަމުގައިވާތީ ފައިސާ ނެގުމަށް އެ ދޯނި މާލެ ފަޅުގައި 2 ގަޑިއިރު މަޑުކުރި ކަމަށެވެ. އަދި އެޗްޕީއޭގެ އުސޫލްތަކާ އެއްގޮތަށް ފައިސާ ނެގުމަށް ދޯނިން 2 މީހަލު މާލެއަށް ފޭބިއެވެ.

އެ ދޯނި ފުރަން ތައްޔާރުވި އިރު ދޯނިން އިހަވަންދޫއަށް ދާން މާލޭގައި އުޅޭ އިހަވަންދޫ މީހަކު ދޯންޏަށް އެރިއެވެ. އަދި ދަތުރު މަތިން ޅ. ނައިފަރު މީހަކު ވެސް ދޯންޏަށް އެރިއެވެ.

ދޯނި އިހަވަންދޫއަށް ގާތް ކުރުމުން ދެން އަމަލު ކުރި ގޮތާމެދު ވެސް ދޯނީގައި ތިބި މީހުން ކަންބޮޑުވުން ފާޅުކުރިއެވެ. އެއީ ރަށުގައި ކަރަންޓީނު ވާނެ ތަނެއް ހަމަޖެހެންދެން ދޯނި ފަޅަށް ނުވައްދާ ކަނޑުމަތީގައި މަޑުކުރަން އެންގުމުންނެވެ. އެ ދުވަހަކީ މި ދޭތެރެއިން ހުޅަނގު މޫސުމުގެ ވިއްސާރާގައި އެންމެ ގަދަވި ދުވަސްވަރު ކަމަށާއި އެ ދުވަހު މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފައި ވާއިރު ކަނޑު ގަދަވެ، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުން ދިޔަ ދުވަހެއްގައި 18 ގަޑިއިރު ކަނޑުމަތީގައި މަޑުކުރަން ޖެހުނެވެ.

ދޯނީގައި ތިބި މީހުން އިހަވަންދޫ ފަޅަށް ވަދެ ފަޅުގައި މަޑުކުރުމުގެ ހުއްދައަށް އެދުމުން ވެސް އެ ހުއްދަ ނުދިން ކަމަށާއި އެންމެ ފަހުން ދޯނީގައި ތިބި މީހުން އެޗްޕީއޭ މެދުވެރިކޮށް ފުލުހުންގެ ހެޑްކުއާޓާރ އަށް ގުޅައި މައްސަލަ ހުށައެޅުމުން، ފުލުހުންގެ ހެޑްކުއާޓާރ އިން ދޯނި ފަޅަށް ވެއްދުމުގެ ހުއްދަ ދިނުމަށް އެންގި ކަމަށް ދޯނީގައި ތިބި މީހުން މަޢުލޫމާތު ދިނެވެ.

އެއްބަޔަކު ކަރަންޓީނު ކުރުމަށްފަހު އަނެއް ބަޔަކު ދޫކޮށްލުން

ދޯނި މާލެ ފަޅުގައި މަޑު ކުރި އިރު ދޯނިން ނުފައިބާ ދޯނީގައި މަޑުކުރި މީހުންނާއި، ފައިސާ ބަލާ ދޯނިން މާލެއަށް ފޭބި 2 މީހުންނާއި، އިހަންވަންދޫ އަށް ދާން މާލެއިން ދޯންޏަށް އެރި މީހާ އާއީ އަދި ނައިފަރުން އިހަވަންދޫއަށް ދާން ދޯންނަށް އެރި މީހާ ހިމެނޭ ގޮތަށް އެންމެން އެއްކޮށް ކަރަންޓީނު ކުރިއެވެ. އެހެން ނަމަވެސް ނައިފަރުން ދޯންނަށް އެރި މީހާ އޭގެ އެއްދުވަސް ފަހުން ދޫކޮށްލިއެވެ. އަދި މާލެއިން ދޯންޏަށް އެރި މީހާ 2 ދުވަސް ފަހުން ކަރަންޓީނުން ދޫކޮށްލިއެވެ. އިހަވަންދޫ ކައުންސިލުން ބުނި ގޮތުގައި އެ ގޮތަށް އަމަލު ކުރީ އެޗްޕީއޭގެ އެންގުމާ އެއްގޮތުގެ މަތިން ކަމަށެވެ.

އެހެން ނަމަވެސް މާލޭގައި އުޅެފައި ދޯންޏަށް އެރި މީހަކު ކަރަންޓީނުގެ 14 ދުވަސް ހަމަ ނުކޮށް 2 ދުވަސް ފަހުން ދޫކޮށްލާފައި ވާތީ ދޯނީގައި ތިބި އެހެން މީހުން ވަނީ އެކަމާ ސުވާލު އުފައްދާފައެވެ. ސަބަބަކީ ދޯނީގައި މާލެ ނުފައިބާ ފަޅުގައި ތިބި މީހުން ކަރަންޓީނު ކުރި އިރު މާލޭފައި އުޅުނު މީހާ ދޫކޮށްލުމެވެ.

އިހަވަންދޫ ކައުންސިލުން މީޑިއާއަށް މަޢުލޫމާތު ދިން ގޮތުގައި ކަރަންޓީނު ކުރުމުގައި އެ ކައުންސިލުން އަމަލުކޮށްފައި ވާނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ. އެހެން ނަމަވެސް ދޯނީގެ މީހުން މިކަން ދޮގުކޮށް މިކަމާ ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
3 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
3 Comment authors
jameelކުޑަބެތިއްތި Recent comment authors
jameel
Guest
jameel

mikahala noos thakun hageegaiy nubala khabaru liyaa kamee hithaama huri kameh

ކުޑަބެ
Guest
ކުޑަބެ

ދޮގު ހަބަރު ޖެހިޔަސް މީ ބޯޑުވަރު

ތިއްތި
Guest
ތިއްތި

މިނޫސްވެސް ދިޔަރެސްއަށްވީތަ؟ ދޮގުފެތުރުމުގަ އަވަދިނެތި!

Close