ޚަބަރު

“ޢީދު އުފާ 1441” މިފަހަރު އުނގޫފާރު.ކޮމް އިން އޮންލައިންކޮށް

1441 ވަނަ އަހަރުގެ އަޟްޙާ ޢީދު އަޅުގަނޑުމެންނާ މި ބައްދަލު ކުރަނީ އެހެން އަހަރުތަކާ ޚިލާފަށް “ފަޅު” ޢީދެއްގެ ގޮތުގައެވެ. ކޮވިޑް-19 ގެ ބަލިމަޑު ކަމުން އަރައިގަތުމަށް ރާއްޖެ ހަނގުރާމަ ކުރަމުންދާ މި ދަނޑިވަޅުގައި އެއްވުންތައް މަދުކޮށް ގައިދުރުކަމަށް އިސްކަންދިނުމަށް މަޖުބޫރުވެފައި ވާއިރު ރާއްޖޭގެ ގިނަ ރަށްރަށުގައި މިފަހަރު ރަސްމީކޮށް ޢީދު ފާހަގައެއް ނުކުރާނެއެވެ. ހަމަ އެފަދައިން އުނގޫފާރުގައި ވެސް މިވަނީ މިފަހަރު ޢީދު ކުޅިވަރުތައް ކުރިއަށް ނުގެންދިއުމަށް ނިންމާފައެވެ.

މި ފަޅުކަން ފިލުވާލުމަށް އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭޝަން (އުފާ) އިން ނިންމާފައި ވާނީ މިފަހަރުގެ ޢީދު އޮންލައިންކޮށް ފާހަގަ ކުރުމަށް “ޢީދު އުފާ 1441” ގެ ނަމުގައި އޮންލައިންކޮށް ޙާއްސަ ޕްރޮގުރާމެއް ކުރިއަށް ގެންދާށެވެ. މިރޭގެ 22:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމް ޢީދު ބަންދުގެ ކޮންމެ ރެއަކު ކުރިއަށް ގެންދާނެއެވެ.

އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖުން ލައިވްކޮށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގައި ވޭތުވެ ދިޔަ އަހަރުތަކުގައި އުނގޫފާރުގައި ކުރިއަށް ގެންގޮސްފައިވާ ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ގެނެސްދޭނެއެވެ. އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން މި ޕްރޮގުރާމް ގެނެސްދިނުމުގައި ހަރަކާތްތެރިވާ ޓީމުގެ ފަރާތުން މުޙައްމަދު ޝާހު ބުނި ގޮތުގައި މި ޕްރޮގުރާމްގެ މަގުސަދަކީ ގޭގައި ތިބެގެން މިފަހަރު އޮންލައިންކޮށް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ޕްރޮގުރާމް މެދުވެރިކޮށް އޮންލައިންކޮށް ޢީދުގެ އުފަލުގައި ބައިވެރިވުމަށް އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖަށް ވީހާވެސް ގިނަ ބަޔަކު ޒިޔާރަތްކުރުމަށް އުފާ އިން އެދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close