ރަށު ކުޅިވަރުކުޅިވަރު

އުނގޫފާރުގައި ބެޑްމިންޓަން މުބާރާތެއް ކުރިއަށްގެންދަނީ

އުނގޫފާރުގައި ބެޑްމިންޓަން މުބާރާތެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އުނގޫފާރު އިޖްތިމާޢީ މަރުކަޒުގެ އިންޑޯ ކޯޓަށް ބެޑްމިންޓަން ކުޅުމަށްދާ ޒުވާނުން އިސްނަގައިގެން އުނގޫފާރު އިޖްތިމާއީ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތް އިންތިޒާމް ކުރި ޒުވާނުންގެ ފަރާތުން މުޙައްމަދު ޔޫސުފް (ގާންޑެ) އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި މި މުބާރާތަކީ އުނގޫފާރުގައި ބެޑްމިންޓަނަށް ޝައުގުވެރިކަން ހުންނަ ޒުވާނުންތަކެއް ތިބިމުން އެ ޒުވާނުންނަށް މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ. ގާންޑެ ބުނި ގޮތުގައި މި މުބާރާތަކީ މިފަހަރު އަޟްހާ ޢީދު ފާހަގަ ކުރުމަށް އުނގޫފާރުގައި ރަސްމީކޮށް އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދާތީ ޢީދާ ވެސް ގުޅުވައިގެން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ޓީމްތަކުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުން އަދި ޑޮކްޓަރުން ވެސް ބައިވެރިވާނެއެވެ. އަދި މި މުބާރާތުގެ ތެރެއިން ކޮވިޑް-19 އާ ގުޅިގެން ހޭލުންތެރި ކަމުގެ ތަފާތު މެސެޖުތައް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތަކީ ފިރިހެނުންގެ ބެޑްމިންޓަން ޑަބަލްސް މުބާރާތެކެވެ. އަދި މުބާރާތުގައި ޖުމްލަ 10 ޓީމު ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ދާނީ ޓީމްތައް 2 ގުރޫޕަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި 5 ޓީމު ހިމެނޭ އިރު ކޮންމެ ޓީމެއް ވެސް ގުރޫޕުގެ އަނެއް ޓީމުތަކާ އެކު 1 މެޗު ކުޅެ، 1 ވަނަ އަދި 2 ވަނަ އަށް ދާ ޓީމު ސެމީ ފައިނަލަށް ދަތުރު ކުރާނެއެވެ.

ސެމީ ފައިނަލްގައި ކޮންމެ ގުރޫޕެއްގެ ވެސް 1 ވަނަ ވާދަ ކުރާނީ އަނެއް ގުރޫޕުގެ 2 ވަނަ ޓީމާއެވެ.

ގާންޑެ ބުނި ގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ އެއް މަޤުސަދަކީ ބެޑްމިންޓަން ފަދަ އުނގޫފާރުގައި އާންމުކޮށް ނުކުޅޭ ކުޅިވަރުތައް ދިރުވާ އާލާ ކުރުމެވެ. އަދި މި މުބާރާތާ އެކު އަންހެނުންނަށް ޙާއްސަ ބެޑްމިންޓަން މުބާރާތެއް ވެސް ބޭއްވުމަށް ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް އެެއްވެސް ކުޅުންތެރިއަކު ބައިވެރިވެފައި ނުވާތީ މިފަހަރު ބާއްވާނީ ހަމައެކަނީ ފިރިހެނުންގެ މުބާރާތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އަންހެނުން ކުޅުންޔެރިން ވެސް މި ކުޅިވަރާ ގުޅި ކުޅިވަރުގެ ފޯރި އިތުރަށް ގަދަވެގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެެއް ކަމުގައި ގާންޑެ މަޢުލޫމާތު ދިނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close