ޚަބަރު

ޓްރާންސްފޯމާ ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވާ ހައިވޯލްޓޭޖް ކޭބަލް ވަޅުލުމުގެ މަސައްކަތް ފަށައިފި

އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ދެމުންދާ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ޤާއިމްކުރުމަށް ނިންމާފައިވާ ޓްރާންސްފޯމާ ސިސްޓަމް ގުޅާލުމަށް ބޭނުންވާ ހައިވޯލްޓޭޖް ކޭބަލް ވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ. އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ މެނޭޖަރ އަހުމަދު އަބްދުއް ޝަކޫރު އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން 499 މީޓަރުގެ ކޭބަލް ވަޅުލާނެއެވެ.

މި ކޭބަލް ވަޅުމަށް ހަމަޖެހިފައި ވަނީ އިންޖީނުގެއިން ފެށިގެން އަންހެނުންގެ މިސްކިތުގެ ހުޅަނގުގައި ބަހައްޓާ ޓްރާންްސްފޯމާ އަށް އަދި މި ޓްރޯންސްފޯމާއިން ރަށުގެ އެކި ހިސާބުތަކުގައި ހުރި ފީޑާ ތަކަށެވެ. މި ޓްރާންސްފޯމާ ސިސްޓަމް އިންސްޓޯލްކުރުމުގެ މަސައްކަތް 3 މަސް ދުވަސްތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރާކަމަށް އަހުމަދު މަޢުލޫމާތު ދެއްވިއެވެ.

އަހުމަދު ވިދާޅުވި ގޮތުގައި މި ސިސްޓަމް ބޭނުން ކުރަން ފެށުމުން އިންޖީނުގެއާ ކައިރި ގޭބީސީތަކާ އެއްވަރަށް އުތުރު އަވަށުގެ އަދި މެދުތެރޭގައި ހިމެނޭ އިންޖީނުގެއާ ދުރު ގޭބީސީތަކަށް ވެސް ކަރަންޓު ލިބިގެންދާނެއެވެ. މި މަޝްރޫއަކީ އުނގޫފާރުގެ އިންޖީނުގެއާ ދުރު ހިސާބުތަކަށް މިހާރު ޤާއިމްކޮށްފައިވާ ޑިސްޓްރިބުއުޝަން ނެޓްވޯކުން ކަރަންޓު ފޯރުކޮށްދޭ އިރު ވޯލްޓޭޖް ވަރަށް ބޮޑަށް ދައްވާތީ އެ މައްސަލަ ހައްލު ކުރުމަށް އުނގޫފާރު ކައުންސިލުން ފަށާފައިވާ މަޝްރޫއެކެވެ.

ޓްރާންސްފޯމަރ ސިސްޓަމަށް ބޭނުންވާ ކޭބަލް ވަޅުލުމުގައި އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގައި މިހާރު ހަރަކާތްތެރިވާ އެމްޓީސީސީގެ މުވައްޒަފުންގެ ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން އަހުމަދު ފާހަގަކުރެއްވިއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close