
“ވާދޫ ޓްއާރސް”ގެ ނަމުގައި ރ. ވާދޫ ޕްރޮމޯޓުކުރަމުން އަންނަ މަންސައިން ވެލާ ސަލާމަތްކުރާ ވީޑިއޯއެއް އާންމުކޮށްފިއެވެ.
ރާއްޖޭގައި ވެލާ/ކަހަނބު އެންމެ ގިނައިން އަރާ ރަށްރަށުގެ ތެރޭގައި ހިމެނޭ ވާދޫގެ ގުދުރަރީ މުއްސަނދިކަން އިޟްތިހާރުކޮށް، އެރަށާމެދު މީހުން ހިތް ޖެއްސުމަށް މަސައްކަތްކުރާ “ވާދޫ ޓްއާރސް”ގެ ޓީމުން އާންމުކުރި މި ވީޑިއޯއިން ފެންނަނީ އެ ރަށު ބަޔަކު ވެލާތަކެއް ސަލާމަތްކުރާ މަންޒަރެވެ.
ދަލެއްގައި ޖެހިފައިވާ ދެ ވެލާ ސަލާމަތްކޮށް އެމީހުން ވަނީ ވެލާތައް ދޫކޮށްލާފައެވެ.
ރ. ވާދޫ ޓްއާރސުން ވަނީ އެ ރަށް އިޟްތިހާރުކުރުމަށް ލަވަތަކެއް ވެސް ނެރެފައެވެ.
ވާދޫގެ ނަލަކަން ދައްކުވައިދޭ ލަވަތަކާއި ވީޑިއޯ އަދި ފޮޓޯތަައް ވާދޫ ޓްވާރސްގެ ފޭސްބުކް އަދި ޓްވިޓާރ ޕޭޖުން ފެންނާނެއެވެ.
Why do turtles love R. Vaadhoo? 😌❤️🎥: Ziyau📍: R. Vaadhoo#Turtles #Rescue #VisitRaaVaadhoo #VisitVaadhoo #VisitMaldives #Maldives #Vaadhoo #SunnySideOfLife
Posted by Vaadhoo Tours on Saturday, August 8, 2020
ވާދޫ ކުރިއަރުވަން ތިކުރާ މަސައްކަތަށް ސާބަސް ދަންނަވަން.
ޒިދާންމެން ގަދަކޮށްފިއޭ ދޯ..
Mives habareh dhw