ޚަބަރުރ.އަތޮޅުކޮވިޑް-19

ރ. މީދޫގައި މިއަދު ނިޔާވި މީހާވަޅުލައިފި. މައްޔިތާގެ ސާމްޕަލް ނެގެޓިވް!

ރ. މީދޫ ގައި މިއަދު ނިޔާވި އެރަށުނޫރާނީގެ އައިމިނަތު ހުސައިންގެ ހަށިގަނޑު މިއަދު ހަވީރު ވަޅުލައިފިއެވެ. މައްޔިތާ ވަޅުލާފައިމިވަނީ ކޮވިޑަށް ހެދި ޓެސްޓްގެ ނަތީޖާ ނެގެޓިވްތޯ ބެލުމަށްފަހު ނަތީޖާ ނެގެޓިވް ވުމުންނެވެ. މިމީހާ ނިޔާވީ ރ. މީދޫސިއްހީ މަރުކަޒުގައި ކަރަންޓީނުގައި ފަރުވާ ދެމުންދަނިކޮށް މިއަދު  ހެނދުނުއެވެ.

އެ ރަށު ކައުންސިލްގެ ރައީސް ހުސެއިން އަފީފް ބައެއް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު މީދޫއަށް އައި އަންހެން މީހާއަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އައި މީހެއް ކަމަށެވެ. އޭނާ ކަރަންޓީނުގައި މަޑުކުރަން ޖެހުނީވެސް އިންޑިއާއިން ފަރުވާއަށްފަހު އެނބުރި އައުމުންކަމަށެވެ. އިންޑިއާއިން ފަރުވާ ހޯދުމަށްފަހު، ރަށަށް އައީ، އިތުރަށް ދެވޭނެ ފަރުވާއެއް ނެތުމުންކަމަށާއި އޭނާ ކަރަންޓީނުގައި އެންމެ ފުރަތަމަ ހުރީ ގޭގައި ކަމަށެވެ. ނަމަވެސް ހާލު ސީރިއަސްވުމުން ހަމަ އެ ދުވަހު މީދޫ ސިއްހީ މަރުކަޒަށް ބަދަލުކޮށް، ކަރަންޓީނު ފުރިހަމަކުރަމުން އައީ އެ މަރުކަޒުގައި ކަމަށް ވިދާޅުވެފައިވެއެވެ.

މައްޔިތާގެ މޫނު ދެއްކުން އޮތީ 4:45 އިން ފެށިގެން ހިނަވާގޭގައެވެ. ކަށުނަމާދު ކުރުން އޮތީ މީދޫ މަސްޖިދުއް ޒިންނޫރައިނިގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close