ޚަބަރުރ.އަތޮޅުކޮވިޑް-19

ބީއެމްއެލް އުނގޫފާރު ބްރާންޗުން ޔޫއާރުއެޗަށް ފޭސް ޝީލްޑް ހަދިޔާކޮށްފި

ބެންކް އޮފް މޯލްޑިވްސް އުނގޫފާރު ބްރާންޗުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ފޭސް ޝީލްޑް ހަދިޔާކޮށްފިއެވެ.

ފޭސް ޝީލްޑް ހަދިޔާކުރުން އޮތީ މިއަދު ހެނދުނު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ބޭންކުގެ ބައެއް މުވައްޒަފުންގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ  ބައެއްއިސްވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.

ބެންކް އޮފް މޯލްޑިވްސް އުނގޫފާރު ބްރާންޗުގެ ފަރާތުން ރަމްޒީގޮތުން މިތަކެތި ހަވާލުކޮށްދެއްވީ އުނގޫފާރު ބްރާންޗްގެ މެނޭޖަރ މުހައްމަދު ނަބީލްއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ފޭސް ޝީލްޑާއި ހަވާލުވެލެއްވީ ހޮސްޕިޓަލްގެ މެނޭޖަރ ހެލްތުސާރވިސަސް އިބްރާހީމް ޒަޔާންއެވެ.

މިއީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތަށް އެބޭންކްގެ ފަރާތުން ވެދެއްވި އެހީތެރިކަމެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close