ޚަބަރުތައުލީމް

2021 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް 10 ގައި ފަށަނީ

ކޮވިޑް-19 ގެ ބަލާއާފާތާއި ގުޅިގެން ދިވެހިރާއްޖޭގެ ސްކޫލުތައް ބަންދުކުރުމުގެ ސަބަބުން ދަރިވަރުންނަށް ގެއްލުނު ފިލާވަޅުތައް 2021 ވަނަ އަހަރު ފުރިހަމަކޮށް، ދިރާސީ އާ އަހަރު 10 އޮގަސްޓް 2021 ގައި ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ތައުލީމީ އަހަރަށް ގެނައި ބަދަލުތައް ހިއްސާކޮށް އެ މިނިސްޓްރީން އާއްމުކުރި އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މުޅި މި އަހަރު ބަލާފައިވަނީ އެއް ޓާމުގެ ގޮތުގަ އެވެ. 12 ޖެނުއަރީ 2020 ގައި މި އަހަރުގެ ދިރާސީ އާ އަހަރު ފެށިއިރު، މި އަހަރުގެ ފުރަތަމަ ޓާމު ނިމޭނީ 3 ޑިސެމްބަރ 2020 ގައެވެ.

އާ ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ދެ ވަނަ ޓާމު ފަށާނީ 10 ޖެނުއަރީ 2021 ގައެވެ. ދެވަނަ ޓާމް ކުރިއަށްދާނީ 24 ޖޫން 2021 އާއި ހަމައަށެވެ. ދެ ވަނަ ޓާމުގެ ޗުއްޓީ އަށް ފަހު، 2021 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފަށަން ހަމަޖައްސާފައިވަނީ 10 އޮގަސްޓް 2021 ގައެވެ.

އެ ބަދަލުތައް ގެނައުމުން ފުރަތަމަ ޓާމުގައި 198 ދުވަސް ވަންދެން ކިޔަވައިދެވޭނެ އެވެ. ދެ ވަނަ ޓާމުގައި ކިޔަވައިދޭނީ 113 ދުވަހެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.
avatar
Close