ޚަބަރުރ.އަތޮޅުކޮވިޑް-19

ހުޅުދުއްފާރުން 3 ވަނަ މީހަކު ޕޮޒިޓިވް ވެއްޖެ

ރ. ހުޅުދުއްފާރުން ތިންވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްއީއޯސީ އިން ބުނެފައިވާގޮތުން ހުޅުދުއްފާރުން ޕޮސިޓިވް ވެފައިވަނީ ފުރަބަންދު ކަރަންޓިނުގައި ހުރި 32 އަހަރުގެ އަންހެނަކެވެ.  އަދި އޭނާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަވެ ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުން ކަމަށެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު، އެންމެ ފުރަތަމަ އެރަށުން ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު ދެވަނަ މީހަކު ޕޮޒިޓިވްވެފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހެވެ. އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ މާލެ އިން ޓެސްޓްކުރުމަށް ފަހު ސާމްޕަލްގެ ނަތީޖާ ނުލިބެނީސް ހޯމް ކަރަންޓީނަށް ރަށަށް ދިޔަތާ ދެވަނަ ދުވަހެވެ.

އަތޮޅުތަކުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް މި ބަލި ފެނުނު ރަށްތަކަކީ، އައްޑޫސިޓީގެ ފޭދޫ އާއި ހިތަދޫ، ފުވައްމުލަކު ސިޓީ އާއި ބ. އޭދަފުއްޓާއި އެ އަތޮޅު ކަމަދޫ އާއި ކުޑަރިކިލާއި ކ. މާފުއްޓާއި ތުލުސްދޫ އާއި ހއ. ފިއްލަދޫ އާއި ދިއްދޫ އާއި ހއ. އިހަވަންދޫ އާއި ހދ. ނައިވާދޫ އާއި ހދ. ކުރިނބި އާއި ގއ. މާމެންދޫ އާއި ރ. ހުޅުދުއްފާރު އަދި ވ. ފުލިދޫ އެވެ. މީގެ އިތުރުން ބައެއް ރިސޯޓުތަކުން ވެސް ވަނީ މި ބަލި ފެނިފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ރިކޯޑް މިންވަރަކަށް އުފުލިފައިވާތާ ތިން ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އެންމެ ފަހުންގެ އަދަދަކީ 5،679 އެވެ. މި ބަލީގައި މިހާތަނަށް 22 މީހަކު ވަނީ މަރުވެފަ އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close