ޚަބަރުރ.އަތޮޅު

ރ.އުނގޫފާރު ޕޮލިސް ސްޓޭޝަން ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ރ.އުނގޫފާރު ޕޮލިސް ސްޓޭޝަން ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ބ. ދަރަވަންދޫގައެވެ. އަދި މިތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުންނެވެ.

ނައްތާލާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ އެކި ބްރޭންޑްތަކުގެ 56 ފުޅި ބަނގުރަލާއި 71 ދަޅު ބިޔަރެވެ. މިތަކެއްޗަކީ 2020 ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން 2020 އޭޕްރީލް 1 ވަނަ ދުވަހުގެ ނިޔަލަށް އިފުރު އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެއްޗެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close