ޚަބަރުރ.އަތޮޅުވަޒީފާ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއެކު އަތޮޅުގެ ހެލްތު ސެންޓަރު ތަކަށް ނަރުހުން ހޯދަނީ

ރެޖިސްޓާރޑް ނާރސް/ ސީނިއަރ ރެޖިސްޓާރޑް ނާރސް/ ކްލިނިކަލް ނާރސް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއެކު އަތޮޅުގެ ހެލްތު ސެންޓަރު ތަކަށް ނަރުހުން ހޯދަން އެހޮސްޕިޓަލުން މިއަދު އިއުލާނުކޮށްފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެހޮސްޕިޓަލުގެ އިތުރުން ރ އަތޮޅުގެ އިތުރު 10 ރަށެއްގެ ހެލްތު ސެންޓަރު ތަކަށް ރެޖިސްޓާރޑް ނާރސް/ ސީނިއަރ ރެޖިސްޓާރޑް ނާރސް/ ކްލިނިކަލް ނާރސް ހިމެނޭގޮތުން ހޯދުމަށް ހަމަޖެހިފައިވަނީ 24 ނަރުހުން ނެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ދެން ހިމެނެނީ އަލިފުށީ ސިއްޙީ މަރުކަޒު، ވާދޫ ސިއްޙީ މަރުކަޒު، ރަސްގެތީމް ސިއްޙީ މަރުކަޒު، ދުވާފަރު ސިއްޙީ މަރުކަޒު، މާކުރަތު ސިއްޙީ މަރުކަޒު، ރަސްމާދޫ ސިއްޙީ މަރުކަޒު، އިންނަމާދޫ ސިއްޙީ މަރުކަޒު، މަޑުއްވަރީ ސިއްޙީ މަރުކަޒު، އިނގުރައިދޫ ސިއްޙީ މަރުކަޒު، ފައިނު ސިއްޙީ މަރުކަޒު، ކިނޮޅަސް ސިއްޙީ މަރުކަޒު އަދި ހުޅުދުއްފާރު ސިއްޙީ މަރުކަޒެވެ.

މިމަޤާމްތަކަށް އެދި ކުރިމަތި ލުމުގެ ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  27 އޮގަސްޓް 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް:  raa.urh@gmail.com މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ވަޒީފާގެ މައުލޫމާތު ގެޒެޓުން ބެއްލަވުމަށް މިލިންކަށް ޒިޔާރާތް ކުރައްވާށެވެ.

https://gazette.gov.mv/iulaan/view/132474

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close