ޚަބަރު

ޖަމްއިއްޔަތުއްސައިފުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ސެނިޓައިޒަރ އަދި ޑިސްޕެންސަރެއް ހަދިޔާ ކޮށްފި

ޖަމްއިއްޔަތުއްސައިފްގެ 59 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން އެޖަމްއިއްޔާގެ ފަރާތުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ސެނިޓައިޒަރ އަދި ޑިސްޕެންސަރެއް ހަދިޔާ ކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ކުޑަ ރަސްމިއްޔާތު ބޭއްވީ މިރޭ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ ގައެވެ.

މިރަސްމިއްޔާތުގައި ޖަމްއިއްޔަތުއްސައިފްގެ ރައީސް ހުސައިން ހަމީދު އާއި އިސްވެރިންގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހީމް ޒަޔާން އާއި ހޮސްޕިޓަލްގެ ބައެއް މުވައްޒަފުން ބައިވެރި ވެލެއްވިއެވެ.

މީގެ އިތުރުން މިއަދު ސައިފުންވަނީ އުނގޫފާރުގެ ދެމިސްކިތަށްވެސް ސެނިޓައިޒަރ އަދި ޑިސްޕެންސަރ ހަދިޔާކޮށްފައެވެ. ވަކިވަކިން ބޭއްވި މިރަސްމިއްޔާތު ތަކުގައި މިތަކެއްޗާއި ހަވާލުވެ ލެއްވީ އެދެމިސްކިތުގެ އިމާމުންނެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ބަދަވި Recent comment authors
ބަދަވި
Guest
ބަދަވި

މިހެންވެ އުފާވަނީ ޖަމުއްޔަތުއް ސައިފްގެ މެންބަރަކަށް ވީމާ

Close