ޚަބަރުކޮވިޑް-19

އއ ހިމަންދޫގެ ގިނަބަޔަކު މިއަދުވެސް ޑޮކްޓަރަށް ދެއްކުމަށް އުނގޫފާރަށް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

އއ ހިމަންދޫ އިން ގިނަބަޔަކު ޑޮކްޓަރަށް ދެއްކުމަށް މިއަދުވެސް އުނގޫފާރަށް އައިސްފިއެވެ.

މިއަދު ފަތިހު އައިސްފައިވާ “މަސްރޯދި” ދޯނިން ފަންސަވީހަކަށް މީހުން އުނގޫފާރަށް އައިސްފައިވެއެވެ. އަދި އިއްޔެ ހަވީރު ލޯންޗެއްގައި ބަޔަކު އައިސްފައިވާއިރު މިއަދު މެންދުރު ފަހާއި މާދަމާ ހެނދުނު އިތުރު ބަޔަކު އަންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެމުން ހިމަންދޫ ކައުންސިލްގެ ނައިބް ރައީސް ހަސަން ރަޝީދު ވިދާޅުވީ އުނގޫފާރަށް ޑޮކްޓަރަށް ދެއްކުމަށް ގިނަބަޔަކު މިހާރު ދަތުރުކުރަނީ އެފަރާތްތަކުން ބޭނުންވާ ގިނަ ހިދުމަތްތަކެއް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ލިބޭތީކަމަށެވެ.

“އަޅުގަނޑުމެންނަށް މިހޮސްޕިޓަލުން ލިބުނު ހިދުމަތްތައް ވަރަށް ރަގަނޅު ވަރަށް ފުރިހަމަ، އަޅުގަނޑުމެން ބޭނުންވާ ވަރަށްގިނަ ޑޮކްޓަރުންގެ ހިދުމަތްލިބުނު، އެގޮތުން ފާހަގަކޮށްލަން ދަތުގެ ޑޮކްޓަރުން، ކަރުންމަތީގެ ޑޮކްޓަރުން،، ކުޑަކުދިންގެ ޑޮކްޓަރުން، އޮޕަރޭޝަން ޑޮކްޓަރުން، ކަށީގެ ޑޮކްޓަރުން ލޮލުގެ ޑޮކްޓަރާއި ސްކޭން އާއި ގައިނީ އަދި އެތެރެހަށީގެ ޑޮކްޓަރުގެ ހިދުމަތް، އަދި މުވައްޒަފުން ނާއި މެނޭޖްމަންޓްވެސް ވަރަށް ރަގަނޅު ވަރަށް ހިތްހެޔޮ، އުނގޫފާރު މީހުންވެސް ވަރަށް ރަގަނޅު، އަޅުގަނޑު މެންގެ ކަންކަން ވަރަށްގާތުން ބެލި، އެހެންވެ ގިނަބަޔަކު މިހާރު އުނގޫފާރަށް މިއަންނަނީ” ރަޝީދު ވިދާޅުވިއެވެ.

ކޮވިޑްގެ މި ހާލަތުގައި އަރިއަތޮޅުގެ ގިނަރައްޔިތުން ސިއްހީ ފަރުވާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރަމުން ދެއެވެ. ހާއްސަކޮށް އއ. ގެ ހިމަންދޫ ، މަތިވެރި، އުކުޅަސް، މާޅޮސް އަދި ތޮއްޑޫ ފާހަގަކޮށްލެވެއެވެ. މިރަށް ތަކުގެ ގިނަ ބަޔަކު ކޮންމެ ހަފުތާއަކު ވެސް ސިއްހީ ފަރުވާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް މިހާރު އާދެއެވެ.

މިދަތުރުތަކުގެ ސަބަބުން އއ އަތޮޅުގެ ގިނަ ރައްޔިތުންނާއި އުނގޫފާރުުގެ ރައްޔިތުންގެ ގުޅުން ވަރަށްބޮޑުތަނުން އިތުރުވެގެންދާކަމީ ވަރަށްބޮޑަށް ފާހަގަ ކޮށްލެވޭ ކަމެވެ. އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ދެމުންގެންދާ ސިއްހީ ހިދުމަތުގެ ފެންވަރު ރަގަނޅުވެ އެ އިތުބާރު ރައްޔިތުންގެ މެދުގައި އިތުރުވެގެންދާނެއެވެ.

އއ ހިމަންދޫ މީހުންގޮވައިގެން “މަސްރޯދި” މިދަތުރާއެކު ދެދަތުރު ކޮށްފާވާއިރު މިދޯނީގެ ފުރަތަމަ ދަތުރު ކޮށްފައިވަނީ މިދިޔަ ލުޖައި މަހުގެ 3 ވަނަ ދުވަހުއެވެ. އެދަތުރުގައި ފަންސާހަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދެއްކުމަށް އުނގޫފާރަށް އައިސްފައިވެއެވެ. އަދި މިއީ މިގޮތަށް އެއްފަހަރާ ގިނަބަޔަކު ހިމަންދޫއިން އުނގޫފާރަށް ކުރި 3 ވަނަ ދަތުރުވެ.

މާލެއަށް ސިއްހީ ހިދުމަތް ތޮއްޖެހިފައި އޮތުން ބަދަލު ކުރުމުގެ ގޮތުން އަތޮޅުތަކުގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ރާާވާފައިވާ ފަސް ހޮސްޕިޓަލަކީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ، އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑު ސިޓީ ހިތަދޫގައި ތަރައްގީކޮށްފައިވާ ޓަޝަރީ ހޮސްޕިޓަލެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close