ކުޅިވަރު

އިފުރުގައި 3 އޮން 3 ފުޓްސަލް މުބާރާތެއް ބާއްވަނީ

އިފުރު އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި 3 އޮން 3 ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތް އޮންނަނީ މި މަހުގެ 27 އަދި 28 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި އިފުރު އެއާޕޯޓުގައި މަސައްކަތް ކުރާ މޯލްޑިވިއަންގެ މުވައްޒަފުންނާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އަދި އެމްއެންޑީއެފްގެ މުވައްޒަފުން ބައިވެރިވާނެއެވެ. ކޮންމެ ޓީމެއްގައި 3 ކުޅުންތެރިން ހިމެނޭ މި ފުޓްސަލް މުބާރާތުގައި 8 ޓީމު ބައިވެރިވެއެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގުރޫޕު އޭ ގައި ހިމެނެނީ އެފްސީ ބަންކަރު، އެފްސީ ނިރަ، ޑޮލަރު އެފްސީ އަދި ލޮކްޑައުންއެވެ. ގުރޫޕް ބީ ގައި ހިމެނެނީ ސްޓޭންޑްބައި އެފްސީ، އެފްސީ ސެނިޓައިޒާ، ސޭންޑް އަދި ދަ ލާސްޓް 3 އެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ފަރާތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކޮށްލުމެވެ. މި މުބާރާތް ސްޕޮންސާކޮށްފައި ވަނީ އިފުރުގައި މުޅިން އަލަށް ޚިދުމަތް ދޭން ފެށި ކޮކޯރާ އިފުރު ކެފޭ އިންނެވެ.

އުތުރުގެ އެންމެ ބިޒީ އެއް އެއާޕޯޓުގެ ގޮތުގައި ފާހަގަ ކުރެވުނު އިފުރަށް ފްލައިޓް އޮޕަރޭޝަންތަށް ކޮވިޑް-19 އާ ގުޅިގެން މިވަގުތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close