ކުޅިވަރު

ވާދޫ އާއި އުނގޫފާރު ބައްދަލުކުރި މެޗް ވާދޫން ކާމިޔާބުކޮށްފި!

ރ. ވާދޫ އެފްސީ އާއި ރ. އުނގޫފާރު (ޑީކޭޒެޑް) ބައްދަލުކުރި އެކުވެރިކަމުގެ ފުޓްސަލް މެޗް ވާދޫ އެފްސީން ކާމިޔާބުކޮށްފިއެވެ.

ރ. ވާދޫ ސްޕޯޓްސް އެރީނާ ފުޓްސަލް ގްރައުންޑްގައި މިއަދު ހަވީރު ކުޅުނު މި މެޗް ވާދޫ އެފްސީން ކާމިޔާބު ކުރީ ހަނި ތަފާތަކުންނެވެ.

އެގޮތުން މުޅި މެޗްގެ ނަތީޖާއަކީ 4-5ކެވެ.

ވާދޫ އެފްސީން މިއަދު އުނގޫފާރު ޓީމް ބަލިކުރި އިރު އިއްޔެ ވަނީ އަލިފުށި ޓީމަކާ ބައްދަލުކޮށް ތަފާތު ބޮޑު ނަތީޖާއަކުން އެ ޓީމް ވެސް ބަލިކޮށްފައެވެ.

މި މެޗްތަކަކީ ރ. ވާދޫ ޒުވާނުން އިސްނަގައިގެން އަތޮޅުގެ ރަށްރަށާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް ކުޅޭ މެޗްތަކެކެވެ.

މި ގޮތުން މިހާތަނަށް 3 ރަށަކާ ވާދަކޮށް މެޗް ކުޅެފައި ވެއެވެ. އޭގެ ތެރެއިން ދެ މެޗް ވާދޫން ވަނީ ކާމިޔާބުކޮށްފައެވެ.

ބަލިވެފައި ވަނީ ރ. ރަސްގެތީމާ ވާދަކޮށް ކުޅުނު މެޗަކުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close