ޚަބަރުކުޅިވަރު

މިއަދު ކުޅެވުނު އެކުވެރިކަމުގެ 3 މެޗުވެސް އުނގޫފާރު ވޮލީ ޓީމުތައް ކާމިޔާބު ކޮށްފި

މިއަދު ހަވީރު ކުޅެވުނު އެކުވެރިކަމުގެ 3 މެޗުވެސް އުނގޫފާރު ވޮލީ ޓީމުތައް ކާމިޔާބު ކޮށްފިއެވެ. އުނގޫފާރުގެ 3 ޓީމު މިއަދު ބައްދަލުކޮށްފައިވަނީ ނ. މާޅެންދޫ އަންހެން ވޮލީ ޓީމަކާއި ރ. އަލިފުށީގެ އަންހެން އަދި ފިރިހެން ވޮލީ ޓީމާއެވެ.

ނ. މާޅެންދޫ ގައި ކުޅެވުނު މިމެޗުގައި އުނގޫފާރު ދަނޑު ކަންމަތީ ޓީމު މާޅެންދޫ ޓީމުގެ މައްޗަށް ކާމިޔާބު ހޯދީ ސީދާ 3 ސެޓުންނެވެ.

ރ. އަލިފުށީގައި ކުޅެވުނު މެޗުތަކުގެ ތެރެއިން ރ އަތޮޅު ކައުންސިލް ތަމްސީލު ކުރި އުނގޫފާރުގެ އަންހެންޓީމު ކުޅުނުމެޗު އެޓީމު ކާމިޔާބު ކުރީ 3 ސެޓް 2 ސެޓުންނެވެ. ފިރެހެން ޓީމު މެޗު ކާމިޔާބު ކުރީ 3 ސެޓް 1 ސެޓުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close