ޚަބަރުރ.އަތޮޅުކުޅިވަރު

އުރީދޫ އަތޮޅު ދުވުން އުނގޫފާރު ގައިވެސް ބާއްވައިފި

ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ވާޗުއަލް ދުވުން، “އުރީދޫ އަތޮޅު ދުވުން” ރޭ ފަށައިފި އެވެ. ރޭފެށި މިދުވުން މިއަދު ހަވީރުވަނީ އުނގޫފާރުގައިވެސް ބާއްވާފައެވެ.

ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ދުވުން ކުރިއަށްދަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 15 ކިލޯމީޓަރާއި ފަސް ކިލޯމީޓަރުގެ ކެޓަގަރީ އެވެ. ފަނަރަ ކިލޯ މީޓަރުގެ ދުވުމުގައި ބައިވެރިވަނީ އުރީދޫން ކުރިން އެޕްރޫވް ކޮށްފައިވާ 20 ދުވުންތެރިއެކެވެ.

އުރީދޫގެ އަތޮޅު ދުވުން ރަސްމީކޮށް ރ. އަތޮޅުގައި ބާއްވާފައިވަނީ އުނގޫފާރުގައެވެ. މިދުވުމުގައި ރ. އަތޮޅު ތަމްސީލުކޮށް އުނގޫފާރުގައި ދުވެފައިވަނީ ރ. އުނގޫފަރު ޖައުޒާމަންޒިލް ހޫރުޝީދާ އަބްދުލް ޤާދިރުއެވެ.

We're just loving the scenery. 😍 #OoredooAtholhuDhuvun #NationwideVirtualRun #DhivehinnaaiEku15Aharu

Posted by Ooredoo Maldives on Friday, August 28, 2020

ރޭ 12ގައި ފެށި މި ދުވުން ކުރިއަށްދާނީ މާދަމާ ރޭ 11:59އަކާ ހަމައަށެވެ. ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ދުވުންތެރިއަކަށް ވެސް މި ވަގުތުގެ ތެރޭގައި ރޭސް ފުރިހަމަ ކުރެވޭނެ އެވެ.

މިއީ، އުރީދޫން ރާއްޖޭގައި ހިދުމަތް ދޭތާ 15 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ދުވުމެކެވެ. މި ދުވުމުގެ ލައިވް ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި އާއްމުކުރާނެ އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close