ޚަބަރު

ހޭހަން ރެކްރިއޭޝަން ކުލަބުގެ އިންތިހާބު މާދަމާ ބާއްވަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހޭހަން ރެކްރިއޭޝަން ކްލަބުގެ އިންތިހާބު މާދަމާ އޮންނާނެއެވެ. މި އިންތިހާބުގައި އެކުލަބުގެ ހިންގާ ކޮމެޓީގެ 6 މަޤާމަށް މެމްބަރުން އިންތިހާބު ކުރުމަށް ވޯޓުލާނެއެވެ.

މާދަމާ ވޯޓްލުމަށް ހަމަޖެހިފައިވާއިރު މިހާރުވެސް ބައެއްމަޤާމުތަކަށް މެމްބަރުން ވަނީ ވޯޓަކައި ނުލާ އިންތިހާބުވެފައެވެ. އެއީ އެމަގާމުތަކަށް ކުރިމަތިލި މެމްބަރުންގެ އަދަދަކީ އިންތިހާބު ކުރަންޖެހޭ އަދަދަށް ވާތީކަމަށް އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލާފައިވާ ކޮމެޓީން ބުނެފައިވެއެވެ.

މާދަމާގެ އިންތިހާބުގައި ރައީސްގެ މަގާމަށް ދެމެމްބަރަކު ވާދަކުރާއިރު މި މަގާމަށްވުރެވެސް އިންތިހާބީ ފޯރި ގަދަކޮށް ފެންނަނީ ހާއްސަ މެމްބަރުންގެ ގޮތުގައި އިންތިހާބު ކުރާ 3 މެމްބަރުގެ މަގާމެވެ. މި މަގާމަށް 8 މެމްބަރުން ވާދަކުރެއެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި ހޮސްޕިޓަލްގެ ސީނިއަރ މުވައްޒަފުންގެ އިތުރުން އެންމެ ފަހުން ހޮސްޕިޓަލަށް ޖޮައިން ކުރި ޒުވާން ކުދިންވެސް ހިމެނެއެވެ.

ރައީސް އާއި ހާއްސަ 3 މެންބަރުންގެ އިތުރުން ދެން މެމްބަރުން އިންތިހާބު ކުރާނީ ރެކްރިއޭޝަން އޮފިސަރާއި ފައިނެންސް އޮފިސަރުގެ މަގާމަށެވެ.

އިންތިހާބުގެ ކެމްޕެއިން ވަރަށް ފޯރީގައި ކުރިއަށްދާއިރު ކެމްޕެއިންކުރުމުގެ އެންމެ ފަހު ވަގުތަކީ މާދަމާ ހަވީރު 18:00 އެވެ. ވޯޓު ލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އިރުއޮށްސި 19:00 އެވެ. ވޯޓު ލުން ކުރިއަށް ދާނީ ރޭގަނޑު 22:00 އަށް ކަމަށް އިންތިހާބާއި ބެހޭ ކޮމެޓީން ބުނެފައިވެއެވެ.

މި އިންތިހާބުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ 209 މުވައްޒަފުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވެއެވެ.

މާދަމާގެ އިންތިހާބުގެ ކަންކަން ކުރިއަށްގެންގޮސް ބަލަހައްޓައި ދޭނީ އުނގޫފާރު ފޯސްޓަރިންގ އެވެއަނަސް އެސޯސިއޭޝަން (އުފާ) އާއި އުނގޫފާރު ޑޮޓް ކޮމް އިންނެވެ. މިއީ އުނގޫފާރު ގައި އެއް އެންޖީއޯ އެއްގެ އިންތިހާބުގެ ކަންކަން އެހެން އެންޖީއޯއަކުން ބަލަހައްޓާ ފުރަތަމަ ފަހަރެވެ.

މި އިންތިހާބުގެ ހާއްސަ ލައިވް ކަވަރޭޖް މާދަމާ އުނގޫފާރު ޑޮޓްކޮމް އިން ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close