ޚަބަރުރ.އަތޮޅު

ރ. އަތޮޅު ކައުންސިލުން ދެމުންދިޔަ އެއްގަމާއި ކަނޑުގެ ލައިސަންސްގެ ހިދުމަތް ބަންދު ނޫން ކޮންމެ ދުވަހަކު ލިބޭނެ

ރ. އަތޮޅު ކައުންސިލުން ދެމުންދިޔަ އެއްގަމާއި ކަނޑުގެ ލައިސަންސްގެ ހިދުމަތް ބަންދު ނޫން ކޮންމެ ދުވަހަކުވެސް ދިނުމަށް ނިންމައިފިއެވެ. ކޮވިޑް-19 އާއި ގުޅިގެން މެދުކެނޑިފައިވާ ހިދުމަތްތައް އަލުން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މިހިދުމަތް ހަފްތާގެ ހުރިހާ ދުވަހެއްގައި  ދިނުން ފެށުމަށް ކައުންސިލުން ނިންމާފައިވަނީ 1 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުން (މިއަދުން) ފެށިގެންނެވެ.

މިހިދުމަތް ދިނުމަށް ނިންމާފައިވަނީ ސަރުކާރު ހުޅިވިފައި ހުންނަ ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައެވެ. ކުރިން މިިހިދުމަތް ދެމުން އައިސްފައިވަނީ ހަފްތާގެ ހޯމަ އަދި ބުދަދުވަހުއެވެ.

އުނގޫފާރު ޑޮޓް ކޮމްއަށް މައުލޫމާތު ދެއްވަމުން ރ އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދު ވިދާޅުވީ މިގޮތައް މި ހިދުމަތް ދިނުމަށް ނިންމީ މަދު ދުވަސްތަކެއްގައި ގިނަބަޔަކަށް ހިދުމަތްދިނުމުގެ ބަދަލުގައި ދުވަސް ގިނަކޮށް އެއްފަހަރާ ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަށް މަދުކޮށް އެ ފަރާތްތަކަށް ވީހާވެސް ބޮޑު ލުއިފަސޭހައެއް ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close