ޚަބަރުރ.އަތޮޅު

ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމުގެ ވަގުތީ ހުއްދަ ދުވާފަރު ޕްރައިމެރީ ސްކޫލަށް

ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމުގެ ވަގުތީ ހުއްދަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރ.ދުވާފަރު ޕްރައިމެރީ ސްކޫލަށްދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިހުއްދަ ދުވާފަރު ޕްރައިމެރީ ދީފައިވަނީ އެ ޙިދުމަތަކީ ރާއްޖޭގައި ދެމެހެއްޓެނި ވިގޮތެއްގައި ދެވިދާނެ ޙިދުމަތެއްތޯ އަޖުމަ ބެލުމުގެގޮތުން އެ ކޮމިޝަނުން ހިންގާ ޕައިލެޓް ޕްރޮޖެކްޓުގެ ތެރެއިންނެވެ. ކޭބަލް ވިއުގަ މެދުވެރިކޮށް ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމުގެ ވަގުތީ ހުއްދަ އެސުކޫލަށް ދީފައިވަނީ މިއަދުން ފެށީގެން 2 މާރިޗު 2021ގެ ނިޔަލަށެވެ. އެ ސްކޫލަށް ކޮމިޝަނުންދީފައިވާ ވަގުތީ ހުއްދައިގައި ބްރޯޑްކާސްޓްކުރާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރ.ދުވާފަރު އެކަންޏެވެ. އަދި ބްރޯޑްކާސްޓްކުރާ ވަގުތެއްގެގޮތުގައި ހަމަޖައްސާފައިވަނީ ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 15:00 އާއި ހަމައަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ދުވާފަރު ޕްރައިމަރީ ސްކޫލުން އަންނަނީ ކޮވިޑް-19 ގެ މިހާލަތު ފެށިގެން ސްކޫލްތައް ބަންދުކުރުމާއެކު ކޭބަލްޓީވީ މެދުވެރިކޮށް ދަރިވަރުންނަށް ކްލާސްތައް ނަގައި ދިނުމާއި އަދި ތަފާތު އެކި ޕްރަގްރާމްތައް ފޮނުވަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close