ޚަބަރުރ.އަތޮޅު

އަލިފުށީ ފުޓްބޯޅަދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ރ. އަލިފުށީ ގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ ފުޓްބޯޅަދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނޭ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކޮށްފައިވާ އިއުލާނުގައިވާ މައުލޫމާތުގެ މައްޗަށް 14 ސެޕްޓެމްބަރު ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިއުލާނު ގެޒެޓުން ބެއްލެވުމަށް 

އަލިފުށި ފުޓުބޯޅަ ދަނޑުގައި ޓާފް ފެތުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 10 އޮގަސްޓް 2020 ގައެވެ. ފެށުން ފާހަގަ ކުރުމަށް އަލިފުށި އެމްޑީޕީ ގޮފިން އިންތިޒާމްކޮށްގެން އެ ރަށު ޒުވާނުންނާ ގުޅިގެން ވަނީ ޙާއްސަ ހަފުލާއެއްވެސް ބާއްވާފައެވެ. އެ ގޮތުން ފަރިއްކޮޅަކާއި ތަފާތު ސަގާފީ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަލިފުށި ފުޓްބޯޅަ ދަނޑުގައި ޓާފް އަޅަން ފަށައިފި

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close