ދިރިއުޅުންދީން

ބޮޑުވާވަރަކަށް ދަރިން ދުރުކޮށްލާ، މައިވީއްލިގެން ނުވާނެއެވެ.

މިއާޓިކަލްއަކީ އާދަމް ލަތީފްގެ ފޭސްބުކް ޕޭޖް ގައި ލިޔެފައިވާ އާޓިކަލްއެވެ.
ދަރިފުޅު އުފަންވާ ވަގުތުއްސުރެ މައިންބަފައިން ނިކަން ލޯބިން އެދަރިފުޅު އުރާލާ ގައިގައި ބޮސްދީ ހަދައެވެ. ހަމަ ކިރިޔާ ކުކުރިލާއިރަށް ނިކަން ކަންބޮޑުވެެއެވެ. ބަސް މޮށެން ނޭނގޭ އުމުރުގައި ވެސް ދަރިފުޅުގެ ހަރަކާތްތަކުން ދަރިފުޅުގެ އިހުސާސްތައް ނިކަން ރަނގަޅަށް ދެނެގަނެއެވެ. ދަރިފުޅު ބަނޑުހައިވާނެ ވަގުތާއި ދަރިފުޅަށް މީރު ކާނާ ދެނެގަނެއެވެ. ދަރިފުޅު ނިދަން ބޭނުންވާނެ ގަޑިއާއި، ދަރިފުޅު ބަލިވެއްޖެ ނަމަ އެކަންވެސް ނިކަން ފަސޭހައިން ދެނެގަނެއެވެ.
އެހެންނަމަވެސް…ދަރިން ބޮޑުވަމުންދާ ވަރަކަށް މައިން ބަފައިންނާއި ދަރިންނާ އޮންނަ ގުޅުން މަޑުމަޑުން ކެނޑެން ފަށައެވެ. އެކުދިން މައިންބަފައިންނާއި ދުރުކުރެވެން ފަށައެވެ. އެކުދިންގެ ގައިގައި ލޯބިން ބައްދާލާ ބޮސްދީ ހެދުމަކީ ލަދުކަމަކަށް ވެއެވެ. އަންހެން ކުއްޖަކު ނަމަ ހާއްސަކޮށް ބައްޕައާ އޮންނަ ގުޅުން އެއްކޮށް ކެނޑެނީއެވެ. ބައްޕަ ކައިރީގައި އިށީނދެ ވާހަކަ ދައްކާ ކަންކަން ހިއްސާ ކުރުމަށް އެކުއްޖާ ވެސް އަދި ބައްޕަ ވެސް ޖެހިލުންވަނީއެވެ. ނުވަތަ ލަދު ގަންނަނީއެވެ. ފިރިހެން ކުއްޖަކު ނަމަ މަންމަ ކައިރީގައި ވާހަކަ ދައްކާލަން ނުވަތަ މަންމައާ ސަމާސަކޮށްލަން ލަދު ގަންނަނީއެވެ. މިހެން މިކަންވަނީ މުޖުތަމަޢުގައި އޮންނަ ސަގާފަތެއްގެ ސަބަބުންނެވެ. ގަބޫލުކުރާ ގަބޫލުކުރުމެއްގެ ސަބަބުންނެވެ. ބޮޑެތި މީހުންގެ ޢަމަލުތަކުން އެކުދިންނަށް ވެސް އެކަން އެގޮތަށް ވިސްނައިދެވޭތީއެވެ.
މިގޮތަށް ދަރިން މައިންބަފައިންނާއި ދުރުކޮށްލުމުގެ ސަބަބުން އެކުދިންނަށް ދިމާވާ ބޮޑެތި އެތައްކަމެއް މައިންބަފައިންނާއި ހިއްސާކުރުމަށް އެކުދިން ލަދުބެތިވެ ޖެހިލުންވެއެވެ. އޭގެ ސަބަބުން އެންމެ ރައްކާތެރި ނޫން ފަރާތްތަކާއި އެކަންކަން ހިއްސާކުރެވި އެފަރާތްތަކާއި ދަރިން ދޯޅަވެއެވެ. އެއީ އެކުދިން ދެކެ އެންމެ ލޯބިވާ އެންމެ އަޅާލާ އިތުބާރުކުރެވޭ މީހުންކަމުގައި އެކުދިންނަށް ގަބޫލުކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ފާހިސް ޢަމަލުތަކާއި އެނޫންވެސް އެކިއެކި ނުރައްކަލަކަށް އެކުދިން ހުށަހެޅިގެން ދެއެވެ.
ދަންނަވަންތޯއެވެ. ދުވަހަކުވެސް މައިން ބަފައިންނަށް ދަރިން ބޮޑުވެގެން ނުވާނެއެވެ. ކޮންމެ އުމުރެއްގައިވެސް ދަރިންގައިގައި ލޯބިން ބައްދާލަންވީއެވެ. އެކުދިންގެ ބޮލުގައި ފިރުމަދީ ނިއްކުރިއަށް ބޮސްދޭންވީއެވެ. ދަރިންނާއިއެކު ހީސަމާސާކޮށް ސަކަރާތް ޖަހަންވީއެވެ. އެއިރުން ދަރިންނާއި މައިންބަފައިންނާ އޮންނަ ގުޅުން ބަދަހިވެ ދަރިންނަށް ދިމާވާ ކަންކަން ލަދެއް ޖެހިލުމެއްނެތި މައިންބަފައިންނާއި ހިއްސާކުރާނެއެވެ. އޭގެ ސަބަބުން ނުރަނގަޅު އެތައްކަމަކުން ދަރިން ސަލާމަތްވާނެއެވެ. ވަކި އުމުރަކަށް ދިއުމުން މައިންބަފައިންނާއި ދަރިން ދުރުކުރެވި މައިވީއްލިގެން ނުވާނެއެވެ.
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close