ޚަބަރުދީން

މާދަމާގެ ހުކުރު ޚުތުބާ – މިންވަރަށް އީމާންވުން

04 ސެޕްޓެމްބަރ 2020

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ފަރާތުން މާދަމާ (4 ސެޕްޓެމްބަރ 2020) ގައި ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ކިއުމަށް ހަމަޖައްސާފައިވާ ހުކުރު ޚުތުބާ އާންމު ކޮށްފިއެވެ.

މާދަމާ ރާއްޖޭގެ މިސްކިތްތަކުގައި ކިއުމަށް ހަމަޖެހިފައިވާ ޚުތުބާގައި އަލިއަޅުވާލާފައިވަނީ “މިންވަރަށް އީމާންވުން” މިމައުލޫގެ މައްޗަށެވެ.

މާދަމާގެ ޚުތުބާގައި ވަނީ، މިއަދު މުޅި އިންސާނިއްޔަތަށް މެދުވެރިވެފައި މިވާ ނުރައްކާތެރި ކޮވިޑް-19 ގެ ޙާލަތުގައި އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާޤަދަރަށް އީމާންވުމާއި، ކެތްތެރިކަން އިސްކުރުން ކަމަށާއި އީމާންކަމާއި، ކެތްތެރިކަމުން ޙިމާޔަތް ލިބިގެންފިނަމަ ، ދުނުޔެމަތީގައި ލިބެންއޮތް ހެވެއް އެއްވެސް މީހަކަށް އިހްސާސް ނުކުރެވޭނެ ކަމަށެވެ. އަދި އާޚިރަތުގައި ކެތްތެރިންނަށް މާތް ﷲ މިންވަރު ކުރައްވާފައިވާ ދަރުމަ އާއި ޘަވާބު އެއްވެސް މީހަކަށް ވަޒަނެއްވެސް ނުކުރެވޭނެކަމަށް ޚުތުބާގައި ވެއެވެ.

މާދަމާގެ ހުކުރު ޚުތުބާ ވިދާޅުވެލެއްވުމަށް މިލިންކަށް ޒިޔާރަތް ކުރައްވާށެވެ.

https://www.gov.mv/dv/files/khuthuba-4-sep-2020-02092020132018.pdf

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close