ޚަބަރުރ.އަތޮޅުދީން

ވިލަރެސް ޤްރުއާން މުބާރާތް މިއަދު ހަވީރު އަނގޮޅިތީމުގައި ފަށަނީ

ރ. އަނގޮޅިތީމު ވިލަރެސް ގޭގެ ފަރާތުން ކުރިއަށްގެންދިޔަ ޤްުރުއާން ކްލާސް ތަކުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ބާއްވާ “ވިލަރެސް ޤުރުއާން މުބާރާތް” މިއަދު ހަވީރު ފަށާނެއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަަމުން އަނގޮޅިތީމު ކައުންސިލް މެމްބަރު ޝާހީން ވިދާޅުވީ މިމުބާރާތަކީ ވިލަރެސް ގެ ފަރާތުން އަނގޮޅިތީމުގައި ބާއްވާ މުބާރާތެއްކަމަށެވެ. އަދި މިމުބާރާތުގައި 45 ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ.

“މިއީ މިފަދަ ގޮތަކަށް، ދަރިވަރުން ނަށް 4 މަސްދުވަހު ކިޔަވައި ދިނުމަށްފަހު އެ ދަރިވަރުންގެ މެދުގައި ބާއްވާ ޤުރުއާން މުބާރާތެއް އަދި މިގޮތަށް މިރަށުގެ ތާރީހުގައިވެސް މިރަށުގައި ޤުރުއާން މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރު. މިފުރުސަތުގައި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި އަނގޮޅިތީމު ކައުންސިލްގެ ނަމުގައި އެފަރާތަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން” ޝާހީން ވިދާޅުވިއެވެ.

މިމުބާރާތުގައި އެކި އުމުރު ފުރައިން 45 ބައިވެރިން ވާދަކުރާއިރު ހޮވުމަށް ހަމަޖެހިފައިވަނީ 12 ވަނައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close