ޚަބަރުރ.އަތޮޅު

އަލިފުށި ފުޓްބޯޅަދަނޑުގެ ރޮސްޓްރަމް ޤާއިމްކޮށްދޭނޭ ފަރާތެއް ހޯދަނީ

ރ. އަލިފުށީ ގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ ފުޓްބޯޅަދަނޑުގެ ފެންވަރު ރަގަނޅު ރޮސްޓްރަމެއް ޤާއިމްކޮށްދޭނޭފަރާތެއް ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިއުލާނުކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކޮށްފައިވާ އިއުލާނުގައިވާ މައުލޫމާތުގެ މައްޗަށް 14 ސެޕްޓެމްބަރު ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަލިފުށީ ފުޓުބޯޅަ ދަނޑުގައި ހަދާ ބޯޅަ ގޭގައި 2 ޗޭންޖިންރޫމާއި ރެފްރީސް ރޫމާއި ކެފޭއަކާއި ފިހާރައެއްގެ އިތުރުން ސިޑިބަރިވެސް ހިމެނެއެވެ.

ރ. އަލިފުށީ ގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ ފުޓްބޯޅަދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނޭ ފަރާތެއް ހޯދުމަށްވެސް 2 ސެޕްޓެމްބަރ ގައި ވަނީ އިއުލާނުކޮށްފައެވެ.

އަލިފުށީ ދަނޑުގައި ޓާފް އެތުރުމުގެ މަސައްކަތް މިހާރުވަނީ ނިމުމަކައި ގާތަށް އައިސްފައެވެ.

އަލިފުށީ ބޯޅަ ދަނޑުގައި އިމާރާތްކުރާ ބޯޅަގެ / ފޮޓޯ: ޔޫތު މިނިސްޓްރީ
ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close