ޚަބަރުރ.އަތޮޅުތައުލީމް

ރ. އަތޮޅު ޓީ.އާރ.ސީގެ ފަރާތުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސީރީޒްއެއް ފަށަނީ

ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޤާއިމްކޮށްފައިވާ ރ. އަތޮޅު ޓީޗަރސް ރިސޯސް ސެންޓަރުން އިންތިޒާމްކޮށްގެން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސީރީޒްއެއް ފެށުމަށް ތައްޔާރު ވެފައިވާ ކަމަށް އެސެންޓަރުން ހާމަކޮށްފިއެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އިބްރާހީމް ރަޝީދު އަބްދު ﷲ ވިދާޅުވީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ގޫގުލް ކްލާސްރޫމް މެދުވެރިކޮށް 651 ޓީޗަރުންނާއި ސަޕޯޓް ސްޓާފުން ބައިވެރިވާނެކަމަށެވެ. ޖުމުލަ 3 ސެޝަނަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި ތަޢުލީމީ ދާއިރާގެ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންތިއްބެވި 6 ބޭފުޅުން ބައިވެރިވާނެ ކަމަށާއި ސެޝަންތައް ކޯޑިނޭޓް ކުރައްވާނީ، ރ. އަތޮޅުގެ ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންކަމަށެވެ. އަދި މިޕްރޮގްރާމްގައި ރ. އަތޮޅު ނޫނަސް އެހެން އަތޮޅު ތަކުގެ ޓީޗަރުންނަށްވެސް ބައިވެރި ވުމުގެ ފުރުޞަތު އޮތްކަމަށް އަބްދު ﷲ  މަޢުލޫމާތު ދެއްވިއެވެ.
މިޕްރޮގްރާމްތައް ރ. އަތޮޅު ޓީޗަރސް ރިސޯސް ސެންޓަރުގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތައްވަނީ ހަމަޖެހިފައެވެ.
ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.
avatar
Close