ޚަބަރުރ.އަތޮޅު

ޔޫއާރުއެޗް ގެ ސީޓީ އަދި މެމޯގްރަފީރޫމްގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

ސަރުކާރުން ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ސީޓީ އަދި މެމޯގްރަފީރޫމްގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން އިއުލާނުކޮށްފިއެވެ.

މިމަސައްކަތް 32 ދުވަހުގެތެރޭގައި ކޮށްނިންމުމަށް 1.02 މިލިއަންރުފިޔާ އަށް، 20 ޖެނުއަރީ 2020 ގައި ހަވާލު ކޮށްފައިވަނީ އޮސްޓްރޮވީ ޕްރައިވެޓް ލިމިޓެޑް އާއިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެކުންފުންޏަށް ދެވުނު މުއްދަތުގައި އެމަސައްކަތް ނިންމާނުލެވުމުން އެމަސައްކަތް އެކުންފުނީގެ އަތުން ވަކިކޮށްފައިވަނީ ޖުލައި މަހުގެ މެދުތެރޭގައެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި ވާ އިއުލާނުގައި ބުނެފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ހަދަމުންދާ ސީޓީ އަދި މެމޯގްރަފީރޫމްގެ ނުނިމިހުރި މަސައްކަތްތައްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 09 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުން ފެށިގެން 17 ސެޕްޓެމްބަރ2020 ވާ ބުރާސްފަތި ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން procurement@health.gov.mv އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމަށެވެ. އަދި ކޮށްފައިވާ އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެކަމަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސީޓީ ސްކޭން ރޫމްގެ މަސައްކަތް ފަށައިފި

އިއުލާނުގައި ބުނެފައިވާ ގޮތުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. އަދި މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 ސެޕްޓެމްބަރ 2020 އަންގާރަ ދުވަހު ހެނދުނުު 09:30 ކުރިން procurement@health.gov.mv އަށް މެއިލްކޮށްދެއްވުން އެދޭކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close