ޚަބަރު

މާދަމާގެ ހުކުރު ޚުތުބާ – ޒުވާންކަން ހެޔޮގޮތުގައި ހޭދަކުރުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ފަރާތުން މާދަމާ (11 ސެޕްޓެމްބަރ 2020) ގައި ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ކިއުމަށް ހަމަޖައްސާފައިވާ ހުކުރު ޚުތުބާ އާންމު ކޮށްފިއެވެ.

މާދަމާ ރާއްޖޭގެ މިސްކިތްތަކުގައި ކިއުމަށް ހަމަޖެހިފައިވާ ޚުތުބާގައި އަލިއަޅުވާލާފައިވަނީ “ޒުވާންކަން ހެޔޮގޮތުގައި ހޭދަކުރުން” މިމައުލޫގެ މައްޗަށެވެ.

މާދަމާގެ ޚުތުބާގައި ވަނީ، ޒުވާނުންނަކީ ޤައުމެއްގެ އެންމެ އަގު ބޮޑު ރައުސްމާލުކަމަށާއި ޤައުމެއްތަރައްޤީވެ ކުރިއަރައި ދިއުން ބިނާވެފައި ވަނީ ޤައުމުގެ ޒުވާނުންގެ ހުނަރާއި ސުލޫކާއި އެމީހުންގެ ހަރުދަނާ ޢަޤީދާގެ މައްޗަށް ކަމަށެވެ. އަދި ޤައުމުގެ މުސްތަޤުބަލަށް ކުރެވޭ އުއްމީދުތަކުގެ ޙަޤީޤީ މޭސްތިރިންނަކީ އެގައުމުގެ ޒުވާނުންކަމަށާއި އިސްލާމްދީނުގައި ޒުވާނުންނަށް ރަނގަޅު އިސްލާމީ ތަރުބިއްޔަތެއް ދީ ހަރުދަނާ ބަޔަކަށް ހެދުމަށް ވަރަށް ބޮޑަށް ބާރު އަޅާފައި ވާކަމަށެވެ.

އަދި ހަރުދަނާ އީމާންތެރި ޒުވާނުންނަކީ އެމީހުންގެ ނަފްސާއި މުދަލުން ވެސް ދީނާއި ޤައުމަށްޓަކައި ޤުރުބާންވާނެ ބައެއްކަމަށާއި މާތް ﷲ ގެ ދީން ހިމާޔަތްކޮށް އެދީނަށް ނަޞްރު ދީ އަދި ޤައުމަށް ދިމާވާ ކޮންމެ ނުރައްކާތެރި ވަގުތެއްގައި ޤައުމު ދިފާއު ކުރުމުގައި އިސް ސަފުގައި ތިބޭނެ ވަރުގަދަ ފަހުލަވާނުންނަކީ މިދެންނެވި ޒުވާނުންކަމަށެވެ.

މާދަމާގެ ހުކުރު ޚުތުބާ ވިދާޅުވެލެއްވުމަށް މިލިންކަށް ޒިޔާރަތް ކުރައްވާށެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close