ޚަބަރުރ.އަތޮޅު

އަނގޮޅިތީމުގެ ރަށްޔިތުންނަށް ހިނަވާގެއެއް ހަދިޔާކޮށްފި

ރ. އަނގޮޅިތީމު ރަށްޔިތުންނަށް ހިނަވާގެއެއް ހަދިޔާ ކޮށްފިއެވެ. މިހިނަވާގެއަކީ ރ. އަނގޮޅިތީމު މީނާޒު އަލީ އިބްރާހީމް އާއި އޭނާގެ އަނބިކަބަލުން ރ. އަގޮނޅިތީމު ޖިޒާގެ ޠާހިރާ ރަޝީދުގެ ފަރާތުން އެރަށުގެ ރަށްޔިތުންނަށް ހަދިޔާ ކޮށްދެއްވި އިމާރާތެކެވެ.

މި އިމާރާތް ބިނާކުރުމުގެ ހުއްދަ އަނގޮޅިތީމު ކައުންސިލުން އެފަރާތަށް ދީފައވަނީ 25 ނޮވެމްބަރު 2019 ގައެވެ. އިމާރާތް ކުރުމުގެ މަސައްކަތް އެފަރާތުން ފަށާފައިވަނީ 1 ޖެނުއަރީ 2020 ގައެވެ. 9 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ އެތަން އަނގޮޅިތީމު ކައުންސިލާއި ހަވާލުކޮށްފައިވަނީ މިއަދުއެވެ.

މިއީ އަނގޮޅިތީމުގައި ހިނަވާގެއެއް ނެތުމުން އެކަމުގެ ދަތިކަން ވަރަށްބޮޑަށް ކުރިމަތިވެފައިވާތީ އެފަރާތުން އަނގޮޅިތީމުގެ ރަށްޔިތުންނަށް ޓަކައި ބިނާކޮށްދެއްވި އިމާރާތެކެވެ.

އުނގޫފަރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އަނގޮޅިތީމު ކައުންސިލް މެމްބަރު މުހައްމަދު ޝާހީން ވިދާޅުވީ މިފަދަ އިމާރާތެއް ލިބިގެން ދިއުމަކީ އަނގޮޅިތީމުގެ ރަށްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ފަސޭހައެއް އަދި ވަރަށްބޮޑު އުފަލެއްކަމަށެވެ. އަނގޮޅިތީމުގައި މިފަދަ އެހީތެރިކަން ފޯރުކޮށްދޭ ރަށްޔިތުން ތަކެއް ތިބުމަކީ ލިބިގެންދާ ވަރަށްބޮޑު އުފަލެއްކަމަށެވެ. މިގެކުރިންވެސް މިފަދަ އެހީތައް ރަށްޔިތުންގެ ފަރާތުން ލިބިފައިވާކަމަށެވެ. އެގޮތުން ބަނދަރުގައި ވާރޭފެން ލިބޭނެ އިންތިޒާމާއި މަގުބައްތި ފަދަ އެތަކެއް ފަސޭހަ ތަކެއް ރަށްޔިތުންގެ ފަރާތުން ލިބިފައިވާކަމަށެވެ. މިފުރުސަތުގައި އެފަރާތްތަކަށް ހިފެހެއްޓުމެއްނެތް ޝުކުރު އަދާކުރާކަމަށެވެ.

މިއަދު އަނގޮޅިތީމުގެ ރަށްޔިތުންނަށް ލިބިގެން މިދިޔަ ފުރިހަމަ އިމާރާތުގައި މައްޔިތާ ހިނެވުމަށް ތައްޔާރުކޮށްފައިވާ ބަޔަކާއި ފާހާނާއެއް ހިމެނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close