ޚަބަރު

އުނގޫފާރު ރައްޔިތުންގެ ތެޔޮފިހާރަ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން 3 ވަނަ ފަހަރަށް އިއުލާނުކޮށްފި

އުނގޫފާރު ކައުންސިލުން ހިންގާ އުނގޫފާރު ރައްޔިތުންގެ ތެޔޮފިހާރަ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާނު ކޮށްފިއެވެ.

އުނގޫފާރު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވާގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ 22 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 10:30ގައި އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ. އަދި ދެވޭ މަޢުލޫމާތާއި އެއްގޮތަށް ތެޔޮސެޑް ތަރައްޤީ ކޮށްދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 11:30 ގައި އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ.

މީގެ ކުރިންވެސް އުނގޫފާރު ކައުންސިލުން ވަނީ 5 މާރިޗު 2020 ގައި އަދި 16 ޖެނުއަރީ   2019 ގައިވެސް ހަމަ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައެވެ. އެފަހަރު 4 ފަރާތަކުން ކުރިމަތި ލާފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close