ޚަބަރުރ.އަތޮޅުވިޔަފާރި

އަތޮޅުވެހި ޢިމާރާތް ހިންގުމަށް އަމިއްލަ ފަރާތަކައި ހަވާލުކޮށްފި

އުނގޫފާރުގައި ހުންނަ ރ އަތޮޅު ކައުންސިލްގެ އަތޮޅުވެހި އިމާރާތް ބިޑް ޢުޞޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް ރ އަތޮޅު ކައުންސިލުން ހުޅުވާލުމުން އެކަމަށް ކުރިމަތިލީފަރާތްތަކުގެ ތެރެއިން ބިޑު ކާމިޔާބުކުރި ފަރާތާއި އެއިމާރާތް ހަވާލުކޮށްފިއެވެ.

ރ އަތޮޅު ކައުންސިލްގެ އިދާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރ އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރ އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދުއެވެ. އަދި ބިޑް ކާމިބުކުރި އަބްދުލް މުހުސިނު ހަސަން ދަފްތަރު ނަމްބަރު ރސ 12241 އެެވެ.

މައުލޫމާތު ލިބިފައި ވާގޮތުން، ރ އަތޮޅު ކައުންސިލްގެ ގޯތީގެ އިރުދެކުނު ކަންމަތީގައި ހުރި 14 ކޮޓަރި، ރެސްޓޯރަންޓް އަދި ފިހާރައަކާއި އަދި ހޯލެއް ހިމެނޭ ދެބުރިއަށްހުރި މިއިމާރާތް  9 އަހަރާއި 11 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ދީފައިވަނީ މަހަކު އަށާވީސް ހާސް ރުފިޔާ އަށެވެ.

އަތޮޅުވެހި ޢިމާރާތް ބިޑަށްލައިފި

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close