ޚަބަރުރ.އަތޮޅު

އެމްޓީސީސީ އިން އުނގޫފާރު އަދި މަޑުއްވަރީގައި ފެރީގެ މަސައްކަތްތައް ކުރާނެ މުވަައްޒަފުން ހޯދަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ. ގެ ޓްރާންސްޕޯޓް ސާވިސަސް ޑިވިޜަންގެ ރ އަތޮޅު އަތޮޅު ފެރީތަކުގައި މަސައްކަތްކުރާނެ ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެކުންފުނިން އުނގޫފާރުގައި މަސައްކަތް ކުރުމަށް އިއުލާނުކޮށްފައިވަނީ އެސިސްޓަންޓް އޮޕަރޭޝަންސް އޮފިސަރ ގެ މަޤާމެވެ. މިމަޤާމުގެ މަސްއޫލިއްޔަތަކީ ޑިވިޜަންތަކުގެ މަސައްކަތްތައް އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ކުރިޔަށް ގެންދިޔުން އަދި އަތޮޅު ފެރީގެ ލިޔެކިޔުން ބެލެހެއްޓުން ކަމަށެވެ.

އެކުންފުނިން ރ. މަޑުއްވަރީގައި މަސައްކަތް ކުރުމަށް އިއުލާނުކޮށްފައިވަނީ ކަސްޓަމަރ ސާވިސް އެސިސްޓަންޓް ގެ މަޤާމެވެ. މިމަޤާމުގެ މަސްއޫލިއްޔަތަކީ ޑިވިޜަންގެ އަތޮޅު ފެރީތަކުގެ މަސައްކަތްތައް އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ކުރިޔަށް ގެންދިޔުންކަމަށެވެ.

މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 19 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 15:00 އެޕްލިކޭޝަން ހުށަހަޅަންވާނެކަމަށް އެކުންފުނިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001127/ 3001149 / 3001120

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close