ޚަބަރުކޮވިޑް-19ސިއްޙަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ނ. ބ. ޅ އަދި ކ އަތޮޅަށް އައުޓްރީޗް ޕްރޮގްރާމެއް މާދަމާ ފަށަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން 4 އަތޮޅަކަށް އަމާޒުކޮށްގެން އައުޓުރީޗް ޕްރޮގްރާމެއް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހީމް ޒަޔާން ވިދާޅުވީ މާދަމާ ފެށޭ މި ޕްރޮގްރާމްގައި ނ،ބ، ޅ އަދި ކ އަތޮޅު ހިމެނޭ ކަމަށެވެ. އެގޮތުން ޔޫއާރުއެޗްގެ ޓީމް މާދަމާ ދަތުރު ކުރާނީ ކ ކާށިދޫއަށް ކަމަށާއި މިދަތުރުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރ، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުގެ އިތުރުން ރޭޑިއޮލޮޖިސްޓް ބައިވެރިވާނެކަމަށެވެ. އަދި ހޮނިހިރު އާދީއްތަ މިދެދުވަހު ޅ. ނައިފަރަށް، ހޯމަ އަންގާރަ މިދެދުވަހު ބ. އޭދަފުށި އަދި ބުދަ ބުރާސްފަތި މި ދެދުވަހު ނ. މަނަދޫއަށް ކަމަށެވެ. މި ދަތުރު ތަކުގައި ބައިވެރިވެލަށްވާނީ ރޭޑިއިލޮޖިސްޓްގެ އިތުރުން ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރު ކަމަށެވެ.

ކޮވިޑް-19 އިގެ ސަބަބުން މާލެ ސަރަހައްދު ބަންދުވުމާއެކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށްވަނީ ވަރަށް ބާރުބޮޑުވެފައެވެ. ކައިރި އަތޮޅު ތަކުގެ އިތުރުން ކ އަތޮޅާއި އއ އަތޮޅާއި އދ އަތޮޅުންވެސް ބަލިމީހުން ޑޮކްޓަރަށް ދެއްކުމަށް ކޮންމެ ދުވަހަކު މިހާރު އުނގޫފާރަށް އާދެއެވެ.

މާދަމާ ފަށާ މި ޕްރޮގްރާމް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close