ޚަބަރު

ލޮޓަސް އިން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ސެނިޓައިޒާ ފުޅިއެއް!

ލޮޓަސް ފިހާރައިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ސެނިޓައިޒާ ފުޅިއެއް ހަދިޔާކުރުމުގެ ޕްރޮގުރާމެއް ފަށައިފިއެވެ. މި ޕްރޮގުރާމަކީ ލޮޓަސްގެ ސީއެސްއާރް ޕްރޮގުރާމުގެ ދަށުން ކޮވިޑް-19 އިން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

މި ސެނިޓައިޒާ ފުޅިތައް ރަށްތަކަށް ފޯރުކޮށް ދިނުމަށް ވޮލަންޓިއާރކޮށް އެހީތެރިވުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ފަރާތެއް ކަމުގައިވާ ޔޫތު މިނިސްޓްރީގެ ޔޫތު އެސޯސިއޭޓް އަހުމަދު ޝާހިދު ވިދާޅުވި ގޮތުގައި މި ސެނެޓައިޒާ ފުޅިތައް ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ 74000 އަށް ވުރެ ގިނަ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޝާހިދު ވިދާޅުވި ގޮތުގައި މިހާރު ގިނަ އަތޮޅުތަކަށް ސެނިޓައިޒާ ފުޅިތައް ލިބިފައިވާ ކަމަށާއި، އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ސެނިޓައިޒާ ފުޅިތައް ލިބިގެން ދާނެއެވެ.

ލޮޓަސް އިން ފޯރުކޮށްދޭ ސެނިޓައިޒާ ފުޅިތައް މިހާރު ވަނީ އުނގޫފާރު ސްކޫލާ ވެސް ހަވާލުކޮށްފައެވެ. އަދި ރ.އަތޮޅުގެ ހުރިހާ ރަށަކަށް ސެނިޓައިޒާ ފުޅިތައް މިހާރު ވަނީ ފޮނުވާފައެވެ.

ކޮވިޑް-19 ގެ މި ދަތި ދަނޑިވަޅުގައި ލޮޓަސް އިން މިފަދަ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ނިންމާފައި ވާއިރު ލޮޓަސް ފާހަގަ ކުރެވެނީ އިޖްތިމާއީ އެކި ކަންކަމަށް އަބަދުވެސް ގިނަގުނަ އެހީތަކެއް ވަމުންދާ ފަރާތެއްގެ ގޮތުގައެވެ. އެ ގޮތުން އުނގޫފާރު އިޖުތިމާއީ މަރުކަޒާ ގުޅިގެން އުނގޫފާރު އަދި ރ.އަތޮޅުގެ ރަށްރަށަށް ލޮޓަސް އިން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close