ޚަބަރުރ.އަތޮޅު

ރ. ވާދޫ ޓްއާރސްގެ ވެބްސައިޓް ހިތްގައިމު!

މާލޮސްމަޑުލު އުތުރުބުރީ (ރ) ވާދޫ ޕްރޮމޯޓުކުރަން މަސައްކަތްކުރަމުން އަންނަ “ވާދޫ ޓްއާރސް”ގެ ވެބްސައިޓް މިއަދު ލޯންޗްކޮށްފިއެވެ.

އެ ގުރޫޕުގެ ފައުންޑަރ ޒިދާން މުޙައްމަދު (ލިޔާ ކުއްޖާ) ޑެވެލޮޕްކުރި މި ވެބްސައިޓް ލޯންޗުކޮށްދީފައި ވަނީ ވާދޫ ހިމެނޭ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

ވެބްސައިޓް ލޯންޗްކުރިކަން ޓްވިޓާރގައި ހިއްސާކުރަމުން ބިގޭ ވިދާޅުވީ، މި ސައިޓުގެ ސަބަބުން ވާދުއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިން ގިނަވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ރ. ވާދޫ ޓްއާރސްއަކީ ޓްވިޓާރ، ފޭސްބުކް އަދި އިންސްޓާރގުރާމް މެދުވެރިކޮށް އެ ރަށުގެ ހިތްގައިމުކަން ހިއްސާކުރުމުން އަންނަ ފަރާތަކެވެ.

މީގެ އަހަރުތައް ބަލާ ނަމަ، ޓޫރިސްްޓުންނަށް ރ. ވާދޫ މާ ހާއްސައެއް ނޫނެވެ. އެކަމަކު އެ ރަށުގެ ގޮނޑުދޮށުގައި ރެދަން ލައި، ނޫކުލައިން ވިދާ ބަބުޅަނިކޮށް 2013 ގައި، ބޭރުގެ ފޮޓޯގްރާފަރަކު ނެގި ފޮޓޯއަކުން ދުނިޔޭގެ އެތައް ބައެއްގެ ޝައުގުވެރިކަން އެ ރަށަށް ހުއްޓުނެވެ.

ރ. ވާދޫއަކީ ގުދުރަތީ ގޮތުން މުއްސަނދި ރަށެކެވެ. އެހެންކަމުން އެރަށުގައި ލޯކަލް ޓުއަރިޒަމް ތަރައްޤީކުރުމަށް ކައުންސިލުން ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

ރަށެއްގެ ހިތްގައިމު ކަމަކީ އެ ރަށަކަށް ނުގޮސް ތަޖުރިބާ ކުރެވޭނެ ކަންކަން ނޫންކަން ފާހަގަކޮށްލަމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close