ޚަބަރުރ.އަތޮޅު

ރ.އަތޮޅު ކައުންސިލުން ކުރިއަށް ގެންދިޔަ ކޯސްތަކުގެ ދަސްވެނިވުން ބާއްވައިފި

ރ. އަތޮޅު ކައުންސިލް އަދި ސިވިލް ސާވިސް ޓްރެއިނިން އިންސްޓިއުޓް ގުޅިގެން ކުރިއަށް ގެންދިޔަ ޑިޕްލަމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމެންޓު ފުރިހަމަ ކުރި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފިއެވެ.

ރ.އަތޮޅު ކައުންސިލްގެ އިދާރާގައި މިއަދު ކުރިއަށްދިޔަ މި ދަސްވެނިވުމުގެ ހަފުލާފައި ޖުމްލަ 39 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީ އެ ކައުންސިލުން ކުރިއަށް ގެންދިޔަ ޑިޕްލަމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމެންގެ ބެޗް 10 އަދި ބެޗް 12 އިން ދަސްވެނިވި ދަރިވަރުންނެވެ. މިއީ 18 މަސް ދުވަހުގެ ކޯހެކެވެ.

މި ހަފުލާގައި ދަސްވެނިވި ދަރިވަރުންނާ އެ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި 3 ދަރިވަރުން ހޮވާ އެދަރިވަރުންނަށް ހަނދާނީ ފިލާ ހަވާލުކޮށްފައިވެއެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވާފައި ވަނީ އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ ސީނިއާ މެޖިސްޓްރޭޓް މުޙައްމަދު ސާދިޤުއެވެ.

މި ހަފުލާގައި ދަރިވަރުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސަރަފުވެރި މެހެމާނު މުޙައްމަދު ސާދިޤު ވިދާޅުވީ އެއްވެސް ދަރިވަރަކު ކިޔެވުން މިހާ ހިސާބުން ހުއްޓާ ނުލުމަށާއި ދައުލަތުން ފަހިކޮށްދީފައިވާ މަތީ ތަޢުލީމުގެ ގިނަ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. އަދި ހުރިހާ ދަރިވަރުންވެސް މި ކޯހުން އުނގެނުނު އެއްޗެއް ވަޒީފާގެ މައިދާނުގައި އާއި ޢަމަލީ މައިދާނުގައި ފުރިހަމައަށް ބޭނުންކުރުމަށް މެޖިސްޓްރޭޓް ސާދިޤް ދަރިވަރުންނަށް ނަސޭހަތްތެރިވެލެއްވިއެވެ.

މި ކޯހުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައި ވަނީ ބެޗް 10 ކުން 1 ވަނަ ހޯދާފައިވާ ރ.މީދޫ، އޯސަން ވިލާ، ހުސެއިން ނަޝީދު އެވެ. އޭނާގެ ވާހަކާގައި ފާހަގަ ކުރި ގޮތުގައި ރ.އަތޮޅު ކައުންސިލުން މި ފަހިކޮށްދިން ފުރުސަތުގެ ބޭނުން ހިފާ ދަސްވެނިވި ގިނަ ދަރިވަރުން މިހާރު އަންނަނީ ޑިގްރީއަށް ކިޔަވަމުންނެވެ.

ރ.އަތޮޅު ކައުންސިލުން ހަރަދުކޮށްގެން ސިވިލް ސާވިސް ޓްރޭނިން އިންސްޓިޓިއުޓާ ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން އަންނަނީ ސިވިލް ސާވިސް މުވައްޒަފުންނަށް އަމާޒުކޮށްގެން އެކި ކޯސްތައް ބާއްވަމުންނެވެ. ރ. އަތޮޅު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި އެ ކައުންސިލުން ބޭއްވި ކޯސްތަކުން މިހާތަނަށް 66 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. މި ކޯސްތަކުގައި ކިޔައިދެނީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިއުޓުން ކަނޑައަޅާ ލެކްޗަރާއިންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close