ޚަބަރުރ.އަތޮޅުސިއްޙަތު

އަށް ހާހަށްވުރެ ގިނަ މީހުން ސެޕްޓެމްބަރު މަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތް ހޯދި

މިދިޔަ ސެޕްޓެމްބަރު މަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތް އަށް ހާހަށްވުރެ ގިނަ މީހުން ހޯދިކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އުނގޫފާރު ޑޮޓް ކޮމް އިންކުރި ސުވާލަކަށް ޖަވާބުދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސާވިސަސް އިބްރާހީމް ޒަޔާން ވިދާޅުވީ އައިޕީޑީ އާއި އޯޕީޑީގެ ހިދުމަތް ހޯދިމީހުންގެ އަދަދު އަށްހާހަށްވުރެ މަށްޗަށް އަރާކަމަށެވެ.

“ޖުލައި މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު އަޅުގަނޑުމެންގެ އޯޕީޑީ މިވަނީ ވަރަށް ބޮޑުތަން އިތުރުވެފަ، 5000 ން 8000 އަށް އިތުރުވެފަ، ސެޕްޓެމްބަރ މަހު އޯޕީޑީ ބާއްވާފައި މިވަނީ 26 ދުވަހު، ސެޕްޓެމްބަރ މަހުގެ މައުލޫމާތަށް ބަލާއިރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީގެ ހިދުމަތް 8000 އަށްވުރެ ގިނަ މީހުން އަދި އައިޕީޑީގައި 150 އަށްވުރެ ގިނަ މީހުންނަށް ވާނެ ހިދުމަތް ދީފައި” ޒަޔާން ވިދާޅުވިއެވެ.

ފަސްހާހަށްވުރެ ގިނަ މީހުން ޖުލައި މަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތް ހޯދި

ޒަޔާން އިތުރަށް ވިދާޅުވިގޮތުގައި ސެޕްޓެމްބަރު މަހުވެސް މިރީޖަންގެ ނ. ރ. ބ އަދި ޅ އަތޮޅުގެ އިތުރުން ދުރު އަތޮޅުތަކުން ގިނަބަޔަކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތް ހޯދާފައިވާކަމަށެވެ. އެގޮތުން އަރިއަތޮޅުން 800 އެއްހާމީހުން އަދި ކާފުއަތޮޅުން 250 އަދި ށ އަތޮޅުން 150 އަށްވުރެ ގިނަ މީހުން ހިދުމަތް ހޯދާފައިވާ ކަމަށެވެ. ރ އަތޮޅުން 4 ހާހަށްވުރެ ގިނަ މީހުން ހިދުމަތް ހޯދާފައިވާއިރު ރީޖަންގެ އަނެއް ތިން އަތޮޅުން 2 ހާހަށްވުރެ ގިނަ މީހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތް ހޯދާފައިވާ ކަމަށެވެ. އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އުފަންވާރޭޓައި އެކިއެކި ސާޖަރީސް ހަދާ މިންވަރުވެސް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close