ޚަބަރު

އުނގޫފާރު ފަޅު ބޭނުންކުރާ ފަރާތްތަކުގެ ސަމާލުކަމަށް

އުނގޫފާރަށް އަންނަ އުޅަނދުތައް ގިނަވެ އުނގޫފާރު ފަޅު ބޭނުންކުރުމުގައި ދިމާވަމުންދާ ދަތިތަކަށް ލުޔެއްހޯދުމަށް އުނގޫފާރު ކައުންސިލުން ގޮތްތަކެއް ނިންމައި އެކަން އާންމުކޮށް އިއުލާނުކޮށްފިއެވެ.

އުނގޫފާރު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން އުނގޫފާރު ފަޅުގައި ހެނދުނު 8 ން މެންދުރު ފަހު 3 އާއި ދެމެދު މުދާ އަރުވާ ބާލާ އުޅަނދު ފަހަރުން މުދާ އަރުވާ ބާލަންވާނީ ޖެޓީއަށް އުޅަނދު ބިއްނުކޮށް އުޅަނދުގެ ދެކޮޅުން ކުރެ ކޮންމެވެސް އެއްކޮޅެއް ޖެޓީއާއި ގާތްކޮށްގެންނެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަފްލާހު ވިދާޅުވީ މިގޮތައް ނިންމީ މިދުވަސްކޮޅު އުނގޫފާރު ފަޅުބޭނުން ކުރުމުގައި ވަރަށްބޮޑެތި ދަތިތަކާއި ކުރިމަތިވެ އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާތީ އެކަމަށް ކޮންމެވެސް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ޖުލައި މަހުން ފެށިގެން ރަށުން ބޭރުން ގިނަބަޔަކު އަންނަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އުނގޫފާރަށް ޒިޔާރަތް ކުރަމުންނެވެ. މި ގޮތުން ށ އަތޮޅުން ފެށިގެން އދ އަތޮޅާދެމެދުގެ ރަށްތަކުން ކޮންމެ ދުވަހަކުވެސް އުނގޫފާރަށް ލޯންޗް ފަހަރާއި ފެރީ ލޯންޗުގައި ގިނަބަޔަކު ޒިޔާރަތް ކުރެއެވެ. އުނގޫފާރު ފަޅު އާންމުކޮށް ބޭނުންކުރާ ފަރާތްތަކާއި މިގޮތަށް އަންނަ ލޯންޗު ފަހަރުން ފަޅުގެ ބާރުބޮޑުވެ  މީހުން އަރާފޭބުމަށް ތަފާތު ދަތިތަކާއި ވަނީ ކުރިމަތިވެފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close