ޚަބަރު

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރަމުންދާ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މިއަދު އިއުލާނުކޮށްފިއެވެ. ފިނެންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންންކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރުކުރެވޭ މި އިމާރާތުގައި ހޮސްޕިޓަލްގެ އެމަޖެންސީ ޑިޕާޓްމަންޓާއި އޮޕަރޭޝަން ތިއޭޓަރު ތަކާއި އެމްއާރުއައި އާއި ސީޓި ސްކޭންގެ އާރޫމާއި ޕްރައިވެޓް ރޫމްތައް ހިމެނެއެވެ. އެކްސްޓެންޝަން އިމާރާތް، ބިނާ ކުރުމަށް ހަމަޖެހިފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގޯތީގެ އިރުމަތީ ފަރާތުގައި އޮތްހުސްބިމުގައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ވަގުތީގޮތުން ޤާއިމުކުރާ ސީޓީ އަދި މެމޮގްރަފީ ރޫމްގެ މަސައްކަތް ނިންމައިދޭނެ ފަރާތެއްހޯދުމަށް އިއުލާނުކުރެވި އެމަސައްކަތް މިހާރުވެސްދަނީ ކުރިއަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close