ޚަބަރުރ.އަތޮޅު

ޒަރޫރީ ބޭނުންތަކަށް ފިޔަވާ ބޭރަށް ނިކުމެ ނޫޅުމަށާއި މާސްކު އެޅުމަށް ކައުންސިލުން އިލްތިމާސްކޮށްފި

ރ. އުނގޫފާރުން ރެންޑަމްކޮށް ނެގި ސާންޕަލްތަކުގެ ތެރެއިން ސާންޕަލް އެއް ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ޒަރޫރީ ބޭނުމަކު ފިޔަވާ ބޭރަށް ނިކުމެ ނޫޅުމަށް އުނގޫފާރު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން އެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އަފްލާހު ވިދާޅުވީ ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށާއި ބޭރަށް ނިކުމެ އުޅުމުގައި މާސްކު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ވީހާވެސް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކައުންސިލުން އިލްތިމާސްކުރެއެވެ.

އުނގޫފާރުން ނެގި ރެންޑަމް ސާންޕަލްތަކުގެ ތެރެއިން ސާންޕަލް އެއް ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން މިރޭ އުނގޫފާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި އުނގޫފާރަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އުނގޫފާރުން ނެގި ރެންޑަމް ސާންޕަލް ތަކުގެ ތެރެއިން ގިނަ ސާންޕަލްތަކުގެ ނަތީޖާ އަދި ވެސް ނުލިބި ވާއިރު މި ކޭސްއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބެލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މި ކޭސް އާ ގުޅިގެން އުނގޫފާރު ސްކޫލްގެ ކިޔެވުން މާދަމާ ނޯންނާނެ ކަމަށާއި ވަކިގޮތެއް އަންގަންދެން ސްކޫލްގެ ކިޔެވުން މެދު ކަނޑާލާފައިވާކަން އެ ސްކޫލުން ބެލެނިވެރިންނަށް ވަނީ އަންގާފައެވެ. އަދި އުނގޫފާރު ފުރަބަންދު ކުރުމާއެކު އަތޮޅު ފެރީ މާދަމާ އުނގޫފާރަށް ދަތުރު ނުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އުނގޫފާރު ފުރަބަންދުކޮށްފައި ވާއިރު މި ދުވަސްކޮޅަކީ އެކި ހިސާބުތަކުން ބޭސްފަރުވާއަށް އުނގޫފާރަށް ގިނަބަޔަކު ދަތުރު ކުރަމުން އަންނަ ދުވަސްވަރެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close