
ރ. އަނގޮޅިތީމު ކުރިމަގުގެ ރޫހު “އާކުރި” އިންތިޒާމް ކޮށްގެންބާއްވާ “އަނގޮޅިތީމު ކައުންސިލްމެމްބަރު ފުޓްސަލް މުބާރާތް 2020” ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބައިވެރި ވުމަށް އެއްވެސް ފީ އެއް ދަންކަން ނުޖެހޭ މިމުބާރާތުގައި ބައިވެރި ވުމުގެފުރުސަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އަނގޮޅިތީމު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 7735700 އަދި 7775791 ނަމްބަރާއި ގުޅުއްވައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު އެޖަމިއްޔާއިން ވަނީ ހުޅުވާލާފައެވެ.
އަނގޮޅިތީމުގެ ޒުވާނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގެ ހުރިހަހި ހަރަދެއް ހަމަޖައްސައިދެއްވަނީ ކައުންސިލް މެމްބަރު މުހައްމަދު ޝާހީންއެވެ. އާކުރި ޖަމިއްޔާއިން ކޮށްފައިވާ އިއުލާނުގައި އެޖަމިއްޔާގެ ފަރާތުން ޝާހީންގެ މި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެއެވެ.