ކުޅިވަރު

ސްޓެލްކޯ އަމްސާ ފުރަތަމަ ހޭންޑްބޯލް މުބާރާތުގެ ފައިނަލަށް އާރުކޭ ދަތުރުކޮށްފި

އެސޯސިއޭޝަން ފޯރ މަތިވެރި ސްޕޯރޓްސް އެންޑް އެވައާރނަސް (އަމްސާ) ގެ 14 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެޖަމުޢިއްޔާގެ ފަރާތުން ކުރިއަށް ގެންދާ ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގައި ހިމެނޭ  ސްޓެލްކޯ އަމްސާ ފުރަތަމަ ހޭންޑްބޯލް މުބާރާތް 2020 ގެ ފައިނަލުގެ ފުރަތަމަ ޖާގަ ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބު ހޯދާފިއެވެ.

އެމް،އެސް ހޭންޑްބޯލް ޓީމް

މިމުބާރާތުގެ ފައިނަލަށް އާރުކޭ ޓީމު ދިޔައީ މިއަދު ހެދުނު 6:50 ގައި އއ.މަތިވެރި ހޭންޑްބޯލް ކޯޓުގައި ކުޅެވުނު މެޗު 7 ލަންޑު 3 ލަނޑުން އެމް،އެސް ހޭންޑްބޯލް ޓީމު ބަލިކޮށްގެންނެވެ.

އާރު ކޭ ޓީމުން މިއަދުގެ މެޗުގައި ގޯލްތައް ޖަހާދިން ކުޅުން ތެރިންނަށް ބަލާއިރު ފާޠިމަތު އަނޫޝާ އާއި ރިސްނާ މުޙައްމަދު މިއިން ކޮންމެ ކުޅުންތެރިއެއް 2 ގޯލް ކާމިޔާބު ކުރިއެވެ. އަނެއް 3 ގޯލް ޖެހީ، ޝިފްޒާ އިބްރާހީމާއި، ނާދިސާ ޢީސާ އާއި އަދި ލިޒުނާ އިބްރާހީމެވެ.

އެމްއެސް ހޭންޑްބޯލް ޓީމުން ގޯލް ޖަހާދިން ކުޅުންތެރިންނަކީ ލުޖައިނާ މުޙައްމަދާއި، ފާޠިމަތު ޝައިޙާ އާއި އަދި އައިމިނަތު ވިރާޝާ އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ކާމިޔާބު ކޮށްދިނެވެ.

މިމެޗުގެ ކްއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބަށް މިމެޗުގައި މޮޅުކުޅުމެއް ދައްކާ 2 ގޯލް ކާމިޔާބުކުރި އެޓީމުގެ ޖާޒީ ނަންބަރު 10 ފާޠިމަތު އަނޫޝާއެވެ.

ި މެޗުގެ ކުއީންއޮފްދަ މެޗް އާރްކޭގެ ޖާޒީ ނަންބަރު 10 ފާޠިމަތު އަނޫޝާ

ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގައި ހިމެނޭ ސްޓެލްކޯ އަމްސާ ފުރަތަމަ ހޭންޑްބޯލް މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗު މިއަދު ހަވީރު 4:30 ގައި އޮންނާނެ އެވެ. މިމެޗުގައި ބައްދަލު ކުރާނީ އެމްއެސް ހޭންޑްބޯލް ޓީމާއި، ކަނބަލުން ހޭންޑްބޯލް ޓީމެވެ. މިމެޗުން މޮޅުވާ ބަޔަކު މިމުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުވާނެއެވެ.

ސްޓެލްކޯ އަމްސާ ފުރަތަމަ ހޭންޑްބޯލް މުބާރާތް 2020 ގެ ފައިނަލް މެޗު ކުޅުމަށް ހަމަ ޖައްސާފައިވަނީ މާދަމާ ހަވީރު 4:30 ގައި އއ.މަތިވެރި ހޭންޑްބޯލް ކޯޓުގައެވެ.

ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގެ މެއިން ސްޕޮންސަރ އަކީ ސްޓޭޓް ސްޓޭޑިންގ އޯގައިނައިޒޭޝަން (އެސްޓީއޯ) އެވެ.

ކޯސްޕޮންސަރުންނަކީ އެމް،ޑަބްލިއު،އެސް،ސީ އާއި ސްޓެލްކޯ އާއި ވެމްކޯ އާއި އޭޑީކޭ ހޮސްޕިޓަލެވެ. މިފެސްޓިވަލްގެ މީޑިޔާ ޕާރޓްނަރަކީ އުނގޫފާރު.ކޮމް އެވެ.

މިފެސްޓިވަލްގައި ހިމެނޭ ކުޅިވަރު މުބާރާތްތައް ކުރިއަށް ދާގޮތުގެ ތަފްސީލު ޑޮވެންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގެ ޚާއްޞަ އެޕްލިކޭޝަން އިން ފެނިވަޑައިގަންނަވާނެއެވެ. https://copafacil.com/amsa2020

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close