ޚަބަރު

އުނގޫފާރު މަގުހެދުން – އާޒީ މަގުގައި އޭބީސީ ލޭޔަރ އަޅަން މިއަދު ފަށައިފި

އެމްޓީސީސީ އާއި ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ އުނގޫފާރުގެ މަގުތައް ރަގަނޅު ފެންވަރަކަށް ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އާޒީ މަގުގައު މިއަދު އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ލޭޔަރ އަޅަން ފަށައިފިއެވެ.

ސައިޓުން ވާހަކަ ދެއްކި މުވައްޒަފަކު އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެމުން ބުނީ މިއަދު ލޭޔަރު އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަނީ ޒަމާނީ މަގާއި އާޒީ މަގު ގުޅުނު ހަތަރު އަނގޮޅިން ފެށިގެން އުތުރަށްވީ ބައިގަކަމަށެވެ. އެގޮތުން އުތުރުކޮޅުން 320 ފޫޓްގެ ބައެއްގައި މިއަދު ލޭޔަރު އަޅާފައިވާ ކަމަށެވެ.

އުނގޫފާރުގެ މަގުތަކަކީ ހަނި މަގުތަކަކަށްވުމުން ބާރު ސްޕީޑްގައި މިފަދަ މަސައްކަތްކުރުމަށް ވަރަށްބޮޑެތި ދަތިތަކާއި ގޮންޖެހުންތައް އެބަހުއްޓެވެ. އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަގުތައް މާރިޗްގެ ނިޔަލަށް ނިންމާލެވޭތޯ ގެންދަނީ ބަލަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close