ކުޅިވަރު

ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ނިންމުގެ ރަސްމިއްޔާތު ބާއްވައިފި

އ.މަތިވެރި އެސޯސިއޭޝަން ފޯރ މަތިވެރި ސްޕޯރޓްސް އެންޑް އެވައާރނަސް (އަމްސާ) ގެ 14 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އަމްސާގެ ފަރާތުން 10 ޑިސެމްބަރ 2020 އިން 9 ޖެނުއަރީ 2021 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގެ ނިންމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެ ރޭ އއ.މަތިވެރި ފުޓްސަލް ދަނޑުގައި ބާއްވާފިއެވެ.

ނިންމުގެ ރަސްމިއްޔާތު ފެށިގެން ދިޔައީ ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލްގައި ހިމެނޭ “އަމްސާ ފުޓްސަލް ލީގު 2020 ” ކާމިޔާބު ކުރި ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބާއި އަދި ލީގުގައި ކުޅުނު އެހެން ޓީމުތަކުން ހޮވާލެވުނު ކުޅުންތެރިންގެ މައްޗަށް އެކުލަވާލެވުނު ޓީމަކާއި ދެމެދު ކުޅެވުނު ފުޓްސަލް މެޗަކުންނެވެ.

މިމެޗަށް ފަހު ނިންމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވުނެވެ. މިރަސްމިއްޔާތުގައި ހަނދާނީ ލިޔުމާއި ޓްރޮފީއާއި މެޑަލް ދެއްވުމަށް ޚާއްޞަ މެހެމާނުންގެ ގޮތުގައި ވަޑައިގެންނެވީ އއ.މަތިވެރި ސްކޫލް ހިންގެވުމާއި ހަވާލުވެ ހުންނެވި އަލްފާޟިލް ޙަސަން ޙަމީދު އިބްރާހީމާއި، އއ.މަތިވެރި ޕޮލިސް ސްޓޭޝަންގެ ޕޮލިސް ސްޓާފް ސާރޖެންޓް މުޙައްމަދު މުޚްތާރާއި، އއ.މަތިވެރި ހެލްތް ސެންޓަރުގެ ފެމެލީ ހެލްތް އޮފިސަރ މުޙައްމަދު ރަޝީދާއި އަދި އއ.މަތިވެރި ކައުންސިލް އިދާރާގެ އެސިސްޓެންޑް ޑިރެކްޓަރ އަލްފާޟިލް މުރުޝިދު ޢަބުދުއްލަތީފާއި އއ.މަތިވެރި ޕޮލިސް ސްޓޭޝަންގެ މުޙައްމަދު ނިޔާޒު އެވެ.

ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 އަކީ އއ.އަތޮޅުގައިވެސް މިހާތަނަށް ބޭއްވި އެންމެ ބޮޑު ކުޅިވަރުގެ ޢީދެވެ. މިކުޅިވަރުގެ ޢީދުގައި ޖުމްލަ 5 ކުޅިވަރު މުބާރާތް ވަނީ ބާއްވާފައެވެ. މިފަސްކުޅިވަރުގައި 16 ޓީމަކުން ބައިވެރިވެ ޖުމްލަ 204 ފަރާތަކުން މިފެސްޓިވަލްގައި ބައިވެރިވެފައިވެއެވެ. މިފެސްޓިވަލްގައި ބޭއްވިފައިވާ މުބާރާތްތަކަކީ އަމްސާ ފުޓްސަލް ލީގު 2020 އާއި އަމްސާ ފުރަތަމަ ފިރިހެން ވޮލީބޯޅަ މުބާރާތް 2020 އާއި އަމްސާ ފުރަތަމަ ނެޓްބޯޅަ މުބާރާތް 2020 އާއި އަމްސާ ފުރަތަމަ އަންހެން ވޮލީބޯޅަ މުބާރާތް 2020 އާއި ސްޓެލްކޯ އަމްސާ ފުރަތަމަ ހޭންޑްބޯޅަ މުބާރާތް 2020 އެވެ.

ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގައި ކުޅެވުނު މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަށް ބަލާއިރު ފުޓްސަލް ލީގުގެ ޗެމްޕިއަންކަން މާރންސް އާއި ވާދަކޮށް ފައިދާ ގޯލްގެ ތަފާތުން ކާމިޔާބުކޮށް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބެވެ. އަދި ހަމައެހެންމެ ފިރިހެން ވޮލީ ބޯޅަމުބާރާތްވެސް ހަސްލާސް އާއި ފައިނަލްގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބްގެ ވޮލީޓީމެވެ. އަދި މީގެ އިތުރުން ސްޓެލްކޯ އަމްސާ ފުރަތަމަ ހޭންޑްބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފައިވާނީ ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބެވެ. އެއީ ފައިނަލްގައި މަތިވެރި ސްކޫލްގެ ހޭންޑްބޯލް ޓީމާއި ވާދަކޮށް މެޗު ކާމިޔާބުކޮށްގެންނެވެ. މިފެސްޓިވަލްގައި ބޭއްވުނު އެންމެ ފޯރިގަދަވި މުބާރާތްކަމަށްވާ އަންހެނުންގެ ވޮލީބޯޅަ މުބާރާތް ފައިނަލްގައި ނަލަނަލަ ކަނބަލުންގެ ވޮލީޓީމް ސީދާ ދެ ސެޓުން ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ މާރންސް ޕިންކް ޓީމެވެ. އަދި އަމްސާ ފުރަތަމަ ނެޓް ބޯޅަމުބާރާތް ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބް ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވަނި ޔޫއެސްސީ ނެޓްބޯޅަ ޓީމެވެ.

މިރަސްމިއްޔާތުގައި ޗެމްޕިއަން ޓީމުތަކަށް ހަނދާނީ ލިޔުމާއި ރަންމެޑަލް އާއި ޓްރޮފީ އަދި ފައިސާގެ އިނާމު ދެވިފައިވެއެވެ. އަދި ރަނަރއަޕް ޓީމުތަކަށް ހަނދާނީ ލިޔުމާއި ރިހި މެޑަލް ދީފައިވެއެވެ.

އަދި މީގެ އިތުރުން މިފެސްޓިވަލްގައި ބޭއްވި 5 މުބާރާތުގެ ތެރެއިން 4 މުބާރާތުގެ މޮޅު ކުޅުންތެރިން ހޮވާ އެކުޅުންތެރިންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ އާއި މެޑަލް ދީފައިވައެވެ. މިގޮތުން މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިން ނަކީ:

އަމްސާ ފުޓްސަލް ލީގު 2020 : އެންމެ ގިނަ ގޯލް ޖަހާގެން ރަންބޫޓް ޙާޞިލުކުރި ކުޅުންތެރިން

އަމްސާ ފުޓްސަލް ލީގު 2020 : އެންމެ ގިނަ ގޯލް ޖަހާގެން ރަންބޫޓް ޙާޞިލުކުރި ކުޅުންތެރިންނަކީ:

 1. އެފްޓީ ޑައިނަމިކްގެ ޖާޒީ ނަންބަރު 7 އަދުނާނު ޙަސަން / މަތިހާ އއ.މަތިވެރި
 2. މާރންސް އެފްޓީގެ ޖާޒީ ނަންބަރު 11 އާދަމް އިމްރާން / މީނާޒު އއ.މަތިވެރި
 3. ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބް ގެ ޖާޒީ ނަންބަރު 8 މުޙައްމަދު ޝަފްރާޒް / ނޫރާނީފެހި އއ.މަތިވެރި
 4. ހަސްލާސް އެފްޓީގެ ޖާޒީ ނަންބަރު 98 މުޙައްމަދު މައިޝަން / މާޖެހިގެ އއ.މަތިވެރި

އަމްސާ ފުޓްސަލް ލީގުގައި ކޮންމެ ޓީމަކުން ކުޅުނު 6 މެޗުގައި މިއިން ކޮންމެ ކުޅުންތެރިއަކު 5 ގޯލް ކާމިޔާބު ކޮށްފައިވެއެވެ. މިއީ މިހާތަނަށް މުބާރާތެއްގައި ނުވަތަ ލީގެއްގައި ބައިވެރިވެ ހުރިހާ ޓީމަކުން ޓޮޕް ސްކޯރަރ ގެ މަގާމް ހޯދި ފުރަތަމަ ފަހަރު ކަމަށް ވުމަކީ އެކަށީގެންވާކަމެކެވެ.

އަމްސާ ފުޓްސަލް ލީގު 2020 : ލީގުގެ އެންމެ މޮޅު ފަސްކުޅުންތެރިން ނަކީ:

އަމްސާ ފުޓްސަލް ލީގު 2020 : ލީގުގެ އެންމެ މޮޅު ފަސްކުޅުންތެރިން
 1. އެފްޓީ ޑައިނަމިކްގެ ޖާޒީ ނަންބަރު 7 އަދުނާނު ޙަސަން / މަތިހާ އއ.މަތިވެރި
 2. މާރންސް އެފްޓީގެ ޖާޒީ ނަންބަރު 9 އަބޫބަކުރު ޢަބުދުލްކަރީމް / ތަމްކީނުގެ ހދ. ހަނިމާދޫ
 3. ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބް ގެ ޖާޒީ ނަންބަރު 8 މުޙައްމަދު ޝަފްރާޒް / ނޫރާނީފެހި އއ.މަތިވެރި
 4. ހަސްލާސް އެފްޓީގެ ޖާޒީ ނަންބަރު 11 ނަޞްރު ﷲ ޝަރީފް / ހިތްފަސޭހަވާދީ އއ.މަތިވެރި
 5. ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބް ގެ ޖާޒީ ނަންބަރު 7 ހައިޝަމް ޢަލީ / މުސްތަރީހިޔާ އއ.މަތިވެރި

އަމްސާ ފުރަތަމަ ނެޓްބޯލް މުބާރާތް 2020 : ލީގުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ:

އަމްސާ ފުރަތަމަ ނެޓްބޯލް މުބާރާތް 2020 : ލީގުގެ އެންމެ މޮޅު ހަތް ކުޅުންތެރިން
އަމްސާ ފުރަތަމަ ނެޓްބޯޅަ މުބާރާތުގެ ޗެންޕިއަން ޔޫއެސްސީ ނެޓްބޯޅަ ޓީމް
 1. ޔޫއެސްސީ ނެޓްބޯލް ޓީމުގެ ގޯލް ޝޫޓަރ މުނީޒާ ޢަބުދުއްރަޙީމް / ދޫރެސް ، އއ،މަތިވެރި
 2. ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބް ގޯލް އެޓޭކަރ ލިޒުނާ އިބްރާހީމް / ވެސްޓްހައުސް އއ،މަތިވެރި
 3. ޔޫއެސްސީ ނެޓްބޯލް ޓީމުގެ ސެންޓަރ ރީނާ ޢަލީ / ޑޭޒީމާގެ ، އއ،މަތިވެރި
 4. ޔޫއެސްސީ ނެޓްބޯލް ޓީމުގެ ވިންގް ޑިފެންސް އައިޝަތު ސުޒީ / ދޫރެސް ، އއ،މަތިވެރި
 5. ޔޫއެސްސީ ނެޓްބޯލް ޓީމުގެ ވިންގް އެޓޭކަރ ރަޒީނާ ޢަލީ / ޑޭޒީމާގެ ، އއ،މަތިވެރި
 6. ޔޫނިއަން ޓީމުގެ ގޯލް ކީޕަރ ސައުނާ ޢަބްދުލްޣަފޫރު / ފެޝަންފްލާވަރ ، އއ،މަތިވެރި
 7. ޔޫއެސްސީ ނެޓްބޯލް ޓީމުގެ ގޯލް އެޓޭކަރ ފާޠިމަތު ޒިދުނާ / ހުސްނުހީނާމާގެ ، އއ،މަތިވެރި

އަމްސާ ފުރަތަމަ އަންހެން ވޮލީބޯޅަ މުބާރާތް 2020 : ލީގުގެ އެންމެ މޮޅު 6 ކުޅުންތެރިން ނަކީ:

އަމްސާ ފުރަތަމަ އަންހެން ވޮލީބޯޅަ މުބާރާތް 2020 : ލީގުގެ އެންމެ މޮޅު 6 ކުޅުންތެރިން
 1. މާރންސް ޕިންކް ޓީމުގެ ޖާޒީ ނަންބަރު 7 އައިމިނަތު ވިރާޝާ / އަލްމާސްވިލާ، އއ.މަތިވެރި
 2. ނަލަނަލަ ކަނބަލުން ވޮލީޓީމުގެ ޖާޒީ ނަންބަރު 9 ޒުލައިޚާ މުޙައްމަދު / ލައިލަކްއިން އއ.ރަސްދޫ
 3. މާރންސް ޕިންކް ޓީމުގެ ޖާޒީ ނަންބަރު 19 ސައުނާ ޢަބްދުލްޣަފޫރު / ފެޝަންފްލާވަރ އއ.މަތިވެރި
 4. ނަލަނަލަ ކަނބަލުން ވޮލީޓީމުގެ ޖާޒީ ނަންބަރު 8 ޝިފާޒާ ޢަލީ / ހީނާމާގެ ރ.އަލިފުށި
 5. މާރންސް ޕިންކް ޓީމުގެ ޖާޒީ ނަންބަރު 9 އައިމިނަތު ޝިޕުނާ / ސިތުރާ، އއ.ރަސްދޫ
 6. ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބްގެ ޖާޒީ ނަންބަރު 14 ނާޞިހާ އިބްރާހީމް / އެންލޮޖް އއ.ރަސްދޫ

ސްޓެލްކޯ އަމްސާ ފުރަތަމަ ހޭންޑްބޯލް މުބާރާތް 2020 : ލީގުގެ އެންމެ މޮޅު ހަތް ކުޅުންތެރިން ނަކީ:

ސްޓެލްކޯ އަމްސާ ފުރަތަމަ ހޭންޑްބޯލް މުބާރާތް 2020 : ލީގުގެ އެންމެ މޮޅު ހަތް ކުޅުންތެރިން
 1. ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބްގެ ޖާޒީ ނަންބަރު 14 ރިސްނާ މުޙައްމަދު / ބީޗުރެސްޓް ، އއ.ރަސްދޫ
 2. ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބްގެ ޖާޒީ ނަންބަރު 99 އައިޝަތު ވިރާޝާ / ފަތިސްހަނދުވަރުގެ އއ.ބޮޑުފޮޅުދޫ
 3. އެމް،އެސް ހޭންޑްބޯލް ޓީމުގެ ޖާޒީ ނަންބަރ 07 ފާޠިމަތު ޝައިޙާ ފަހުމީ / ފައިންބީޗު ، އއ.މަތިވެރި
 4. ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބްގެ ޖާޒީ ނަންބަރު 10 ފާޠިމަތު އަނޫޝާ / ގްރީންވިލާ ، އއ.މަތިވެރި
 5. އެމް،އެސް ހޭންޑްބޯލް ޓީމުގެ ޖާޒީ ނަންބަރ 05 މަރިޔަމް ނާއިޝާ މަންޞޫރު / ގްރީންވިލާ ، އއ.މަތިވެރި
 6. އެމް،އެސް ހޭންޑްބޯލް ޓީމުގެ ޖާޒީ ނަންބަރ 06 އައިޝަތު ފައިޙާ މޫސާ / އާޒާދުގެ ، އއ.މަތިވެރި
 7. ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބްގެ ޖާޒީ ނަންބަރު 12 ފާޠިމަތު ސާރާ / މޯރނިންގވިލާ ، އއ.މަތިވެރި

ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގެ މެއިން ސްޕޮންސަރ އަކީ ސްޓޭޓް ސްޓޭޑިންގ އޯގައިނައިޒޭޝަން (އެސްޓީއޯ) އެވެ.

ކޯސްޕޮންސަރުންނަކީ އެމް،ޑަބްލިއު،އެސް،ސީ އާއި ސްޓެލްކޯ އާއި ވެމްކޯ އާއި ކޮރަލް ސްޕީޑް އަދި އޭޑީކޭ ހޮސްޕިޓަލެވެ. އަދި ބެވަރޭޖް ޕާރޓްނަރަކީ ކެފޭ ޕަލާޓޯ އެވެ. އަދި މިފެސްޓިވަލްގެ މީޑިޔާ ޕާރޓްނަރަކީ އުނގޫފާރު.ކޮމް އެވެ. އަދި ޝޯސަލް މީޑިޔާ ޕާރޓުރަނުންނަކީ އަރުޝަދުއާއި ނާއިލް އެވެ.

އަދި މިފެސްޓިވަލް އަށް އެކިގޮތްގޮތުން އެހީތެރިވެ ދެއްވި އަރިއަތޮޅު އުތުރުބުރީ މަތިވެރި ދާއިރާގެ އިއްޒަތްތެރި މެމްބަރު ޙަސަން ޒަހީރު އަދި އއ.މަތިވެރި މަތިހާ އިއްޒަތު ޙަސަންގެ ނަން އަމްސާ އިން ފާހަގަ ކުރެއެވެ. އަދި ސްޕޮންސަރ ދެއްވި ހުރިހާ ފަރާތްތަކާއި އެކިގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަކަށް އަމްސާގެ ފަރާތުން ޝުކުރު ދަންނަވައެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close