ޚަބަރުވަޒީފާ

ވަޒީފާގެ ފުރުސަތު – އެމްޓީސީސީ އުނގޫފާރު ސައިޓަށް ސައިޓް އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓްގެ މަޤާމަށް މީހަކު ހޯދަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އިން ކުރިއަށް ގެންދާ އުނގޫފާރު މަގު ހެދުމުގެ ޕްރޮޖެކްސައިޓަށް، ސައިޓް އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓްގެ މަޤާމަށް މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.
މިކަމަށްއެދި އެކުންފުނިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ ޖޮބް އެޕްލިކޭޝަން ފޯރމް” ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ކޮޕީ އީމެއިލް މެދުވެރިކޮށް ހުށައެޅުއްވުމަށެވެ. އަދި 6  ފެބްރުއަރީ 2021 ވަނަ ދުވަހުގެ 00:00 ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެ ކަމަށާއި ފޯރމް ކުންފުނީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެކަމަށެވެ.
މަޤާމް: ސައިޓް އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް
މުސާރަ: 10،589.5 ރުފިފާ
ސަރުތު: ޖީސީއީ އޯލެވެލް، މަދުވެގެން 03 މާއްދާއިން ފާސްވެފައިވުން ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 03 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close