ޚަބަރު

ވޯޓާސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިހާބު 2021

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓްލެވޭ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ 2021 ފެބްރުވަރީ 9 ވާ އަންގާރަ ދުވަހުން ފެށިގެން 2021 ފެބުރުވަރީ 20 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 01:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ގޮތްތަކަށެވެ.

  • ޝަކުވާ ފޯމު އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ، މި ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެސް ކަމަށްވާ، info@elections.gov.mv އަށް ފޮނުވުން.
  • މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާ އަދި ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީސްތަކުން ރަސްމީ ލިޔެކިއުންތައް ބަލައިގަތުމަށް ކަނޑައަޅާފައިވާ ނިޒާމެއްގެ ތެރެއިން ޝަކުވާ ހުށަހެޅުން.

ވޯޓް ދިނުމުގެ ހައްޤު ލިބުގެންވާ އުނގޫފާރު ރައްޔިތުންގެ ލިސްޓް ބެއްލެވުމަށް

ވޯޓް ދިނުމުގެ ހައްޤު ލިބުގެންވާ ރައްޔިތުންގެ ލިސްޓް ބެއްލެވުމަށް

ލޯކަލް ކައުންސިލްގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އިއުލާނު ކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close