ޚަބަރުސިޔާސީ

ކައުންސިލްތަކުން 22 ގޮނޑިއެއް އެމްޑީޕީއަށް ކަށަވަރުވެއްޖެ

ލޯކަލް ކައުންސިލް އިންތިހާބު 2021

ލޯކަލް ކައުންސިލްތަކުގެ 22 ގޮނޑި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ކަށަވަރުވެއްޖެއެވެ. މިކަން ހާމަ ކޮށްފައިވަނީ މިއަދު އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މީގެތެރެއިން 8 ގޮނޑި އެޕާޓީއަށް ކަށަވަރުވެފައިވަނީ ވާދަކުރި ބައެއް ކެނޑިޭޓުން ނަން ނެގުމުންނެވެ. އަނެއް ގޮނޑިތައް ކަށަވރުވެފައިވަނީ ކުރިން އިންތިޚާބަށް ހުޅުވާލުމުން އިންތިޚާބުކުރަންޖެހޭ އަދަދަށްް ކުރިމަތިލާފައިވުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުން ތަރައްޤީކުރާ ކޮމެޓީތަކުގެ އިންތޚާބަށް ކުރިމަތިލީ މީހުންގެ ތެރެއިން ނަން އަނބުރާ ގެންދިޔުމަށް ހުޅުވާލި ފުރުސަތުގައި 308 ކެނޑިޑޭޓުން ނަން ނަގާފައިވާކަމަށެވެ.

ގިނަ އަދަދެއްގެ ކެނޑިޑޭޓުން ނަން ނެގުމުން ކައުންސިލް އިންތިޚާބުގެ 10 މަގާމަކަށް 15 ކައުންސިލަރުން ހޮވިފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ. މީގެތެރެއިން 8 ގޮނޑި އެމްޑީޕީއަށް ލިބިފައިވާއިރު އަނެއް 7 ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނެވެ. މި އަދަދުތަކާއި އެކު ކައުންސިލްތަކުގެ 22 މަގާމަކަށް 30 މެމްބަރުން މިވަނީ މިހާރު ގޮނޑި ކަށަވަރުވެފައެވެ.

ކައުންސިލް ރައީސްކަން ކަށަވަރުވި އެމްޑީޕީ ކެނޑިޑޭޓުންނަކީ

  1. ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސްކަމަށް އަބްދުﷲ ޒާމިރު
  2. ނ. މާފަރު ކައުންސިލްގެ ރައީސްކަމަށްް މުހައްމަދު އަދުނާނު
  3. ނ . ކުޑަފަރީ ކައުންސިލްގެ ރައީސްކަމަށް އަލީ ޝަމީމް މުހައްމަދު
  4. ނ. މިލަދޫ ކައުންސިލްގެ ރައީސްކަމަށް އަބްދުލް މަޖީދު މުހައްމަދު
  5. ނ. މަގޫދޫ ކައުންސިލްގެ ރައީސްކަމަށް ފަތުހުއްﷲ ނަސީރު
  6. އއ. މާޅޮހު ކައުންސިލްގެ ރައީސްކަމަށް އިސްމާއިލް ނަސީރު
  7. ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ޝިފާޤް ހުސެއިން
  8. ދ. ރިނބިދޫ ކައުންސިލްގެ ރައީސްކަމަށް އަހްމަދު އިގްބާލު އަބްދުލްޤައްޔޫމް
  9. ތ. ކަނޑުދޫ ކައުންސިލްގެ ރައީސްކަމަށް އަހްމަދު ރީހާން

ކައުންސިލް މެމްބަރުކަން ކަށަވަރުވި އެމްޑީޕީ ކެނޑިޑޭޓުންނަކީ

  • މާލެ ސިޓީ ގަލޮޅު އުތުރު ދާއިރާ މެމްބަރުކަމަށް މުހައްމަދު ސައިފް ފާތިހް
  • ހއ. މޮޅަދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް އައިމިނަތު އަރޫޝާ
  • ނ. ކުޑަފަރީ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް ދިމްޝާ އަބްދުލްމަޖީދު
  • ނ. ކުޑަފަރީ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް ހުމާމު އުބްދުއްރަހީމް
  • އއ. ހިމަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް އަރޫޝާ އަބްދުﷲ
  • އއ. ހިމަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑިއަށް ފާތިމަތު އަނޫޝާ އަހްމަދު
  • އއ. މާޅޮހު ކައުންސިލްގެ މެމްބަރުކަމަށް މުހައްމަދު ނާފިޒު
  • އއ. މާޅޮހު ކައުންސިލްގެ މެމްބަރުކަމަށް ފަޒީލް އަހްމަދު
  • ވ. ރަކީދޫ ކައުންސިލް އަންހެނުނަށް ހާއްސަ ގޮނޑިއަށް ސާދިޔާ އަބްދުލްމުހްސިން
  • މ. ދިއްގަރު ކައުންސިލްގެ މެމްބަރުކަމަށް އިސްމާއިލް މާހިދު
  • ސ. ހިތަދޫ ބޭރުމަތި ދާއިރާގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް މަރިޔަމް ސައީދާ
  • ސ. ހުޅުދޫ ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ހުސެއިން ފައިޒުއް ރަހްމާން
  • ސ. ހިތަދޫ ހޮރުވަލުދާއިރާ ކައުންސިލް މެމްބަރުކަމަށް އިބްރާހިމް ޝީނާޒް

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close