ޚަބަރު

ކައުންސިލް އިންތިހާބުގެ ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ ރެޖިސްޓްރޭޝަންގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފުރަތަމަ ބާއްވަން ނިންމި ތާރީހު ކަމަށްވާ އޭޕްރީލް 4، 2020 ވަނަ ދުވަހަށް ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން މިހާރު ބަދަލުކުރަން ބޭނުންވާ ފަރާތްތަކުންވެސް މިމުއްދަތުގައި އަލުން ރަޖިސްޓަރީވާން ޖެހޭނެއެވެ.

ރިސޯޓްތަކާއި ޖަލުތަކާއި މެލޭޝިއާ އަދި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވޯޓުލާތަނުގެ ގޮތުގައި އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެސް ކަމުން އެފަރާތްތަކުން މި މުއްދަތުގައި އަލުން ރީރަޖިސްޓާވާން ވެސް އީސީން ވަނީ އެދިފަ އެވެ.

ކައުންސިލްތަކުގެ އިންތިހާބު ބާއްވަން މިހާރު އޮތް ތާރީހަކީ އަންނަ އޭޕްރީލްމަހުގެ 10 ވަނަ ދުވަހެވެ.

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close