ޚަބަރުރ.އަތޮޅުސިޔާސީ

ރަށްވެހި ފަތިސް ރ އަތޮޅު ބައްދަލުވުން މިރޭ

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވެރިކަންކުރާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ކުރިއަށްގެންދާ ރަށްވެހިފަތިސް ކެމްޕެއިން ހަރަކާތުގެ ރ އަތޮޅު ބައްދަލުވުން މިރޭ އޮންނާނެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހު އާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާ މިބައްދަލުވުމުގައި ރ އަތޮޅުން ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ހުރިހައި ކެނޑިޑޭޓުން ވެސް ބައިވެރިވާނެއެވެ.

މި ބައްދަލުވުން ކުރިއަށް ދާގޮތައް ބަލާއިރު ދެ ރައީސުންގެ އިތުރުން ކައުންސިލްގެ ރައީސުންގެ މަޤާމަށް ވާދަކުރާ ކެނޑިޑޭޓުން ވާހަކަ ދެއްކުން ކުރިއަށްދާނެއެވެ. ކެނޑިޑޭޓުންގެ ހުށައެޅުންތަކަށް ދެ ރައީސުން ޖަވާބު ދެއްވަމުން ގެންދަވާނެއެވެ. ޒޫމް މެދުވެރިކޮށް ކުރިއަށްގެންދާ މިރޭގެ ބައްދަލުވުންވެސް ކުރިއަށްދާނީ 20:30 ން 22:30 އަށެވެ.

މި އިންތިހާބުގައި ވެރިކަންކުރާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ރ އަތޮޅު ރައީސް ކަމަށް ވާދަކުރަނީ މިހާރުވެސް އަތޮޅުކައުންސިލްގެ ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވާ އަލީ ޝާހިދުއެވެ. އުނގޫފާރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަނީ މުހައްމަދު ސުޒީލްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close