ޚަބަރުސިޔާސީ

ހަތް މަސްދުވަސް ތެރޭ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ތަރައްޤީވެގެންދާނެ – ރައީސް

ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ “ރަށްވެހި ފަތިސް” ކެމްޕޭނުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާ، އެތައް މަސައްކަތެއް މިވަގުތުވެސް ކުރިއަށްދާކަމަށެވެ.

މިވަގުތުވެސް އެހޮސްޕިޓަލުގައި ލޮލުގެ ޑިޕާޓްމަންޓަށް ބޭނުންވާ ވަޞީލަތްތަކާއި އައިސީޔޫއާއި ފިޒިއޮތެރަޕީ ޑިޕާޓްމަންޓާއި ލެބޯޓަރީއަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށްފައިވާކަން ރައިސްވަނީ ފާހަގަކުރައްވާފައެވެ. އަދި އިތުރަށް އެމްއާރްއައިގެ ޚިދުމަތާއި ސީޓީ ސްކޭނާއި ޑެންޓަލް ޑިޕާޓްމަންޓަށް ބޭނުންވާ އިތުރު ވަޞީލަތް ހަމަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ހޮސްޕިޓަލަށް ބޭނުންވާ ސްޕެޝަލިސްޓުން 17އިން 26 އަށް އިތުރުކޮށް، އެހެނިހެން މުވައްޒަފުންގެ ޢަދަދު 183 ކުން 220 އަށް އިތުރު ކޮށްފައިވާކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ކޯވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދުކުރުމާ ގުޅިގެން ބާރުބޮޑުވި އެއް ހޮސްޕިޓަލަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ނ، ރ، ބ، ޅ މި އަތޮޅުތަކުން 61،000 އަށްވުރެ ގިނަ މީހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތް ހޯދާފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close